ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ޝިޔާމް-- ފޮޓޯ:އަވަސް
ހަބަރު
13 Nov 2023 | 13:45
ވީއައިއޭ މަޝްރޫޢު ބެއްލެވުމަށް މުޢިއްޒު ވަޑައިގެންނެވުމަކީ މަޝްރޫއު ބާރަށް ކުރިޔަށް ގެންދަވާނެ ކަމުގެ ދަލީލެއް: ޝިޔާމް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާޓާރމިނަލްގެ މަސައްކަތް ކުރާ ސައިޓަށް ވަޑައިގެން މަޝްރޫޢު އަމިއްލަފުޅަށް ބައްލަވައިލެއްވުމަކީ މަޝްރޫއު ބާރަށް ކުރިޔަށް ގެންދަވާނެ ކަމުގެ އަލިގަދަ ދަލީލެއް ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި ފަދައިން ޝިޔާމް ވިދާޅުވެފައި މިވަނީ ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

ޝިޔާމް ވިދާޅުވީ ވީއައިއޭގެ އާޓާރމިނަލް މަސައްކަތަކީ ރައީސް ޔާމީންގެ ޒަޢާމަތުގައި ފެށުނު ރާއްޖޭގެ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢުކަމަށާއި އެކި ސަބަބު ތަކާއި ހުރެ އެ މަޝްރޫއު ވަނީ ހުއްޓިފައި ކަމަށެވެ.  

"ރާއްޖޭގެ އިޤްތިޞާދު ހިންދެމިލަން އެންމެ ބޮޑު ދައުރެއް އަދާކުރާނެ މި މަޝްރޫޢު ވީހާވެސް އަވަހަށް ނިންމަވާ ޚިދުމަތް ފެއްޓެވުމަކީ އިންތިޚާބީ ރައީސް ޑރ މުއިއްޒު ގެ އެންމެބޮޑު އެއް އަމާޒު. ސައިޓަށް ވަޑައިގެން މަޝްރޫޢު އަމިއްލަފުޅަށް ބައްލަވައިލެއްވުމަކީ މަޝްރޫއު ބާރަށް ކަުރިޔަށް ގެންދަވާނެ ކަމުގެ އަލިގަދަ ދަލީލެއް. " ޝިޔާމް ވިދާޅުވިއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީ ކުރަމުންގެންދާ އައު ޓަރމިނަލްގެ މަސައްކަތް ބައްލަވާ ލެއްވުމަށްޓަކައި ޑރ މުޢިއްޒު ވަނީ އިއްޔެ އެ ސަރަހައްދަށް ވަޑައިގެންފައެވެ. 

އެ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތްތައްް ބެލެއްވުމަށްފަހު ނޫވެސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގެ ތެރެއިން ޑރ މުއިއްޒު ވަނީ, ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމަށް ބަލާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއަކީ އިގްތިޞާދުގެ މައި ދޮރާށިކަމުގައި ވުމުން، އެ މަޝްރޫއު ނިންމުން އެއީ އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނެ އިޤްތިޞާދީ މަޝްރޫޢުކަމުގައި ވިދާޅުވެފައެވެ. 

ކޮމެންޓް
ޖާނޭ
ކެނެރީގޭލާދީނީ އަންނިސޮރުވެސް ރައީސް އޮފީސް ފުރާޅު މަތީގައި މަކުނެއްހެން އޮތް ސޯލާ ޕެނަލް ހަރުކުރާތަންބަލަން
13 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.