މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--
ހަބަރު
13 Nov 2023 | 15:58
ނަޝީދު ވަކިކުރަން ޖަލްސާ ބޭއްވުމުގެ ބާރު އަމީންއާންމަކަށް ނޯންނާނެ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ގަރާރަކީ މަޖިލީހުން ބޭރުކޮށްފައިވާ ގަރާރަކަށް ވާއިރު، އެ މައްސަލަ އަލުން އެޖެންޑާކުރުމުގެ ބާރަކީ މަޖިލީހުގެ އަމީންއާންމަށް ލިބިގެންވާ ބާރެއް ނޫންކަމަށް ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ. 

އެކަން ހާމަކޮށް އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ނައިބު ރައީސް ބަލަހައްޓަވަމުން ދަނިކޮށް އެހެން އެއްވެސް ފަރާތަކާއި ޖަލްސާގެ ރިޔާސަތު ހަވާލުކޮށްފި ނަމަ އެއީ އަމީންއާންމު ޤާނޫނު އަސާސީއާއި ގަވައިދުތަކާއި އަދި ސުޕްރިމް ކޯޓުގެ ޙުކުމާއި ޚިލާފުވީކަމަށް ބެލެވޭނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް ހަމައެކަނި އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ފަރާތްތަކަށް ވެސް، އެ މާއްދާގައި ކަނޑައެޅިފއިވާ ތަރުތީބުން އެ ޖަލްސާގެ ރިޔާސަތު ބެލެއްޓިދާނެކަމަށް އީވާ ފާހަގަކޮށްފައި ވެއެވެ. އަދި އެ ނޫން ހާލަތްތަކުގައި އެެހެން މެމްބަރަކަށް ރިޔާސަތު ނުބެލެއްޓޭނެކަމަށް އީވާ ވިދާޅުވި އެވެ. 

އެހެން ކަމުން ސުޕްރިމް ކޯޓުގެ ހުކުމުގެ ތަރަހައިން ބޭރުވެ މަޖިލީހުގެ ރައީސް އުޒުރުވެރިނުވާ އެއްވެސް ހާލަތެއްގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއިން ރިޔާސަތު ބަލަހައްޓަން ކަނޑައެޅިފައިވާ ފަރާތަކާއި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހަވާލުކުރުމުގެ އެއްވެސް ބާރެއް އަމީންއާންމަށް ލިބިފައި ނުވާކަމަށް އީވާ ވިދާޅުވި އެވެ. 

އޭގެ އިތުރުން އީވާ ވިދާޅުވީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޝްވަރާ މަޖިލީހެއްގެ ގޮތް ނިންމުމުގެ ތެރެއަށް، އިދާރީ މަސައްކަތް ހިންގުމަށް ކަނޑައަޅާފައި ހުންނަ އަމީންއާންމު ވެންނެވުމަކީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންދީފައިވާ ބާރަށް އަރައިގަތުން ކަމަށެވެ. އަދި އިންތިޚާބީ އޮނިގަނޑުން ބޭރުން، މަޖިލީހުގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ކަރާމާތަށް އަރައިގަތުމަށް ކޮށްއިދެވޭ މަގެއްކަމަށެވެ. 

އީވާ ވިދާޅުވީ މަޖިލީހުގެ ރައީސަށް މަޖިލީހުގެ ޖަލްސާއެއްގެ ނުވަތަ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިނުކުރާހާ ހިނދަކު އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސްކަމަށް ގާނޫނު އަސާސީންނާއި މަޖިލީހުގެ ގަވައިދުގެ ދަށުން އަދި ސުޕްރިމް ކޯޓުގެ ހުކުމަށް ބަލާއިރު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. 

"މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް މަޖިލީހަށް ހާޒިރުވެ ހުންނަވާ ހިނދަކު، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އެހެން އެއްވެސް ފަރާތެއް ރިޔާސަތު ހަވާލުވުމަކީ ޤާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދާއި، އަދި ސުޕްރިމް ކޯޓުގެ ހުކުމާއި ކަނޑައެޅިގެން ޚިލާފުކަމެއް"

މަޖިލީހުގެ ނައިބު ރައީސް އީވާ

އީވާ މިފަދައިން ވިދާޅުވެފައިވާއިރު، ނަޝީދު ވަކިކުރަން ޖަލްސާއެއް މިއަދަށް ވަނީ ތާވަލުކޮށްފައެވެ. އަދި މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު އިބްރާހިމް ޝަރީފުކަމަށް ވަނީ ކަނޑައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.