އެންވީކޭ ކުޅުންތެރިން ކައުންސިލް ކަޕްގެ ޓްރޮފީ އާއެކު
ކުޅިވަރު
13 Nov 2023 | 18:33
އެންވީކޭ އިން ނުކުންނަނީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ތަށި ކާމިޔާބުކުރަން: ކޯޗު

23 ނޮވެމްބަރު 2023 ގައި ފެށުމަށް ހަމަޖެހިފައިވާ އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އެންވީކޭ އިން ބައިވެރިވެ، ތައްޔާރުވަމުން އަންނަނީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މި މުބާރާތުގެ ތަށި ކާމިޔާބުކުރުމަށް ކަމުގައި އެޓީމުގެ ކޯޗު މުހައްމަދު ޝުޖާއު ބުނެފިއެވެ.

އިހަވަންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 23 ނޮވެމްބަރު 2013 ން ފެށިގެން 01 ޑިސެމްބަރު 2023 ގެ ނިޔަލަށް ކުރިޔަށް ގެދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު 8 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މީގެ ކުރިން މި މުބާރާތް ފަސްފަހަރު ބޭއްވިއިރު އޭގެތެރެއިން އެންމެ ފަހުން ބޭއްވުނު ހަތަރު މުބާރާތް 2017 ,2020 ,2021 އަދި 2022 ވަނަ އަހަރުގެ ޗެންޕިއަން ހޯދާފައިވަނީ އެންވީކޭ އިންނެވެ.

މި މުބާރާތާއި ބެހޭ ގޮތުން ވޮއިސް އަށް މައުލޫމާތު ދެމުން އެންވީކޭ ކޯޗު މުހައްމަދު ޝުޖާއު ބުނީ މުބާރާތް އިއުލާން ކުރުމާއެކު އެޓީމުން ތައްޔާރުވާން ފެށި ކަމަށާއި، ޓީމުގެ ތައްޔާރީތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"މިދިޔައަހަރު ޓީމުގައި ހިމެނުނު މުހިންމު ހުރިހާ ކުޅުންތެރިން މިއަހަރުގެ ޓީމުގައި ވެސް އެބަހިމެނޭ." 2020, 2021 އަދި 2022 ވަނަ އަހަރު އެންވީކޭ އަށް ކައުންސިލް ކަޕް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝުޖާއު ބުނީ އެހެން އަހަރު ތަކަށްވުރެ މިއަހަރުގެ މުބާރާތް ފޯރި ގަދަވާނެކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެޓީމަށް ތަށި ދިފާއުކުރިއަ ނުދިނުމަށް އެހެން ހުރިހާ ޓީމަކުން ވެސް ވަރަށް މަސައްކަތް ކުރާނެކަމަށެވެ. ނަމަވެސް މިޓީމާއި މެދު ވަރަށްބޮޑު އިތުބާރެއް އެބައޮތް ކަމަށާއި މުބާރާތައް ނުކުންނާނީ ފުރިހަމަ އިތުބާރާއި އެކު ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ތަށި ކާމިޔާބުކުރުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.