މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ހަބަރު
14 Nov 2023 | 00:00
މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިޚާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިޚާބުކޮށްފި އެވެ. 

އަސްލަމް އެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަގާމަށް ބޭފުޅަކު އައްޔަށްކުރުމަށް ހޯދަ ދުވަހުގެރޭ މަޖިލީހުގައި ބޭއްވި ޖަލްސާއެއްގަ އެވެ. 

މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އަސްލަމް ހޮވިވަޑައިގަތީ، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ވާދަކުރައްވާ ބޮޑު ތަފާތަކުންނެވެ. 

އެގޮތުން ރައީސަކު ހޮވުމަށް ނެގި ވޯޓުގައި ބައިވެރިވި 76 މެމްބަރުންގެ ތެރެއިން 53 މެމްބަރުން ވޯޓުދެއްވާފައިވަނީ އަސްލަމަށެވެ. އަލީ އާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އެއާއެކު އަސްލަމު ވަނީ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެފަ އެވެ.

އެ މަގާމަށް އިންތިޚާބުވުމާއި ގުޅިގެން، ވޯޓު ދެއްވި މެމްބަރުންނަށް ޝުކުރު އަދާކުރައްވާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ގާނޫނާއި ގަވައިދާއި އެއްގޮތަށް ކުރިއަށް ގެންދެވުމުގެ މަސައްކަތް އެބޭފުޅާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ހުރިހާ މެމްބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ވެސް އަސްލަމް އެދިވަޑައިގެންފައި ވެއެވެ.

އަސްލަމަކީ 2005 ވަނަ އަހަރުން ފެށިގެން، މަޖިލީހުގައި މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރެކެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް އޭނާ އިންތިޚާބުވެވަޑައިގަތީ ވެސް މީގެ ކުރިން އެ މަގާމު ފުރުއްވި އަލީ އާޒިމާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެން ނެވެ. 

އޭގެ އިތުރުން އަސްލަމަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ރަނިންމޭޓުކަން ވެސް ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ޥަޖީހު
ބޭބީ ޝާކް
14 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.