މިނިސްޓަރު އިބްރާހީމް އަމީރު -- ފޮޓޯ/މަޖިލިސް
ހަބަރު
14 Nov 2023 | 10:18
މިނިސްޓަރު އަމީރު އިންނެވީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެން: ޑިމޮކްރެޓްސް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިންނެވީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުން ވިދާޅުވެއްޖެއެވެ. 

ގިނަ ދުވަސް ތަކެއް ވަންދެން ދަންމާލެވުނު ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވާއިރު، މިނިސްޓަރު އަމީރުވެސް ވަނީ ބަޖެޓް ހުށަހެޅުމަށް ވަޑައިގެންފައެވެ.

އެހެން ނަމަވެސް މީގެ ކުރިން ބަޖެޓްގެ މަސައްކަތް އެޖެންޑާ ކުރެވުނު ހުރިހާ ފަހަރެއްގައިވެސް އަމީރު މަޖިލީހަށް ވަޑައިނުގެން، މަޖިލީހުގެ ކޯރަމްވެސް ހަމަ ނުވުމުން ބަޖެޓް ހުށަހަޅަންޖެހޭ ދުވަހު އެމަސައްކަތް ކުރެވިފައި ނުވާތީ ޑިމޮކްރެޓްސް ގެ މެންބަރުން ވަނީ މަޖިލިސް ފެށުމާއެކު ނިޒާމީ ނުކުތާ ނަންގަވައި އެކަން ފާހަގަކުރައްވާފައެވެ. 

މަޖިލީހުގެ ގަވާއިދުގެ 211 ވަނަ މާއްދާގައި އެބައޮވޭ، ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހަޅަންޖެހޭނެ ކަމަށް. އަދި ދާދިފަހުން ސްޕްރީމްކޯޓުން ނިންމި ހުކުމުގައިވެސް އެބަވޭ، އިއްޒަތްތެރި ވަޒީރު މަޖިލީހަށް ވަޑައި ނުގަންނަން ދެއްވާފައި އޮތް ލަފައަކީވެސް ހަގީގަތުގައި ގާނޫނާ ޚިލާފް ލަފައެއްކަމަށް. އެހެންވީމާ މިކަމަށް ގޮތެއް ނުނިންމާ އަޅުގަނޑު ގަބޫލެއް ނުކުރަން މިއަދުވެ ސެޝަން ކުރިއަށް ގެންދެވޭނެ ކަމަށް. 

މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް

އާޒިމްގެ އެވާހަކައައި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި, މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، އެންމެ ފުރަތަމަ އޮތީ މަޖިލީހުގެ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކަމަށް ވިދާޅުވެ އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާފައެވެ. 

އެއާއެކު މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ސަޕްލިމެންޓްރީ ބަޖެޓަށް ވުރެ މާ "ސީރިއަސް މައްސަލައެއް" އުޅޭ ކަމަށް ވިދާޅުވެފައެވެ. 

"ފިނޭންސް މިނިސްޓަރު މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް އަޅުގަނޑު ދެކެން. ސަބަބަކީ ގާނޫނުން ލާޒިމް ކުރާ ތާރީހުގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމަށް ދަންނަވާފައި ވަނިކޮށް ގަސްތުގައި މަޖިލީހަށް ވަޑައިގެންފައި ނުވާތީ، އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރާ ވަޑައިގެންނެވުން ކަމަށް އަޅުގަނޑު ދެކެން." 

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

އިންތިގެ ވާހަކައާއި ގުޅިގެން އަސްލަމް ވަނީ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް ބެލެވޭނެނަމަ، އެކަމަށް ޚާއްސަ ކޮމިޓީއަށް މައްސަލަ ހުށަހެޅުމަށް އެދިވަޑައިގަންނަވާފައެވެ. 

އިންތިގެ ވާހަކައަށްފަހު މަޖިލީހުގެ ނާއިބު ރައީސާ ގަލޮޅު އުތުރު ދާއީރާގެ މެންބަރު އީވާ އަބްދުالله ވެސް ވަނީ އަމީރު އިންނެވީ ސްޕްރީމްކޯޓްގެ ގަވާއިދާ ޚިލާފް ވެވަޑައިގެން ކަމަށާ އަދި ހަމަ އެހެންމެ މުޅި މަޖިލީހުގެ އިމްތިޔާޒަށްވެސް އަރާވަޑައިގެން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ މައްސަލަ ބަލަންޖެހޭނޭ ކަމަށް އީވާ ވިދާޅުވި އެވެ. 

ނަމަވެސް އީވާގެ ވާހަކައަކީވެސް ނިޒާމާއި ގުޅޭ މައްސަލައެއް ނޫންކަމަށް ވިދާޅުވެ އަސްލަމް ވަނީ، ބަޖެޓް ހުށަހެޅުމަށް އަމީރަށް ފުރުސަތު ދެއްވާފައެވެ. 

އެފުރުސަތު އަމީރަށް ނުދެއްވައި މަޖިލީހުގެ ކުރީގެ ރައީސް އަދި، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ އަނެއްކާވެސް ނިޒާމީ ނުކުތާ ނަންގަވާފައެވެ. 

"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ، ކުށުގެ ތުހުމަތުގައި އިންނަވައިގެން. މި މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް މާލިއްޔަތު ގާނޫނު ވަރަށް ސާފުކޮށް ބަޔާން ކުރޭ އެކަން ކުރަންވީ މުއްދަތު. ސިޔާސީ ބޭނުމަށް އެބޭފުޅުން މިތަނުގައި އެކަން އަނބުރަމުން އެ ގެންދަވަނީ. ދިވެހި ދައުލަތުގެ ނިޒާމް ގެއްލުވާލައިގެން ނުވާނެ. މާލީ ވަޒީރު މިވަގުތު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެން ކުރަން އޮތް އެންމެ މުހިންމު މަސައްކަތް. މީ ނިޒާމީ ނުކުތާއެއް. މިއީ މުޅި ރައްޔިތުންގެ މަޖިލީހުގައި އޮތް އެންމެ މުހިންމު ނިޒާމީ ނުކުތާ. މާލީ ވަޒީރަކަށް މަޖިލީހަކަށް ގޮމެއް ނުޖެހޭނެ"

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު

ނަޝީދުގެ ވާހަކަ އެއާއެކު ވެސް އަސްލަމް ވަނީ އެވާހަކައަށް ރައްދު ދެއްވުމަށްފަހު، ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމުގެ މަސައްކަތް ފެއްޓެވުމަށް އަމީރަށް ފުރުސަތު ދެއްވާފައެވެ. ނަމަވެސް ބަޖެޓް ހުށަހަޅުއްވަން އަމީރު ފެއްޓެވުމުން ޑިމޮކްރެޓްސް ގެ މެންބަރުން ވަނީ މަޖިލީހުގައި އަޑު ގަދަ ކުރައްވަން ފަށްޓަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.