އިލިޔާސް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
21 Nov 2023 | 13:22
ބަޖެޓުގެ 40 އިންސައްތަ ބަރޯސާކޮށްފައި އޮތީ ބޭރު ގައުމުތަކަށް، މީ ސަލާން ޖެހުން: އިލިޔާސް

މި އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގެ 40 އިންސައްތަ ބޭރުގެ ހިލޭ އެހީއާއި ލޯނަށް ބަރޯސާކޮށްފައި އޮތުމަކީ ބަޖެޓުގައިވާ ކަންކަން ތަންފީޒުކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެ އެވެ. 

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލިޔާސް ވިދާޅުވީ ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ހިސާބުތަކާއި ދޭތެރޭ ކަންބޮޑުވާކަމަށެވެ.

އެއީ ވޭތުވެދިޔަ އަހަރުތަކުގައި، ކޮންމެ އަހަރަކު ވެސް ހިލޭގެ އެހީގެ ގޮތުގައި ލިބޭނެކަމަށް ބޮޑެތި އަދަދުތައް ޖަހާފައި ހުރި ނަމަވެސް، އެއާއި ގާތްކުރާ އަދަދަކަށް ހިލޭ އެހީގެ ގޮތުގައި ލިބިފައި ނުވާތީ ކަން އޭނާ ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ހުށައަޅާފައިވާ ބަޖެޓަށް ބަލާއިރު، 40 އިންސައްތަ ބަރޯސާ ވަނީ ބޭރު ގައުމުތަކުން ދޭނެކަމަށް ލަފާކޮށްފައިވާ ލޯނާއި ހިލޭ އެހީއަށް ކަމަށެވެ. ބަޖެޓުގެ އެހާ ބޮޑު އިންސައްތައެއް ބޭރު ގައުމުތަކުން ލިބޭނެކަމަށް ބަލާ ހިމަނާފައި އޮތުމަކީ ބަޖެޓު ތަންފީޒު ކުރެވިދާނެ ކަމާއި މެދު ގިނަ ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް އިލިޔާސް ވިދާޅުވި އެވެ. 

"50 ބިލިއަން ރުފިޔާގެ ބަޖެޓެއް ތަންފީޒުކުރުމަށް އަޅުގަނޑުމެންގެ ބަޖެޓުގެ 40 ޕަސެންޓު ޑިޕެންޑު ވަނީ ރާއްޖެއިން ބޭރުން ނަގާ ލޯނުތަކަށާއި، ހިލޭ އެހީއަށް. ކިހެނެއްތޯ މިހެން މި ދައުލަތުގެ ބަޖެޓު ހިންގަނީ؟ އަޅުގަނޑުމެންގެ ދައުލަތުގެ ބަޖެޓަކީ ބޭރު ގައުމުތަކުގެ ބޭންކުތަކަށް ސަލާން ޖަހައިގެން ހިންގާ ބަޖެޓަކަށް ވެ ނިމުނީ ނޫންތޯ؟"

މެމްބަރު އިލިޔާސް ލަބީބު

އިލިޔާސް ވިދާޅުވީ ބަޖެޓުގެ މިހާ ބޮޑު އަދަދެއް ބޭރު ގައުމުތަކަށް ބަރޯސާ ކުރުމަކީ އިޤްތިޞާދީ ގޮތުން މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް، ދައުލަތުގެ ބަޖެޓު ބޭރު ގައުމުތަކަށް ބަރޯސާކޮށްފައި އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށް އިލިޔާސް ވިދާޅުވި އެވެ. 

އިލިޔާސް ވަނީ ބަޖެޓުގައި ރިކަރެންޓު ޚަރަދުގެ ގޮތުގައި ފާހަގަކޮށްފައިވާ އަދަދުތަކަށް އަލިއަޅުވާލައްވާ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ރިކަރެންޓު ޚަރަދުތައް ބޮޑުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ސަމާލުކަން ދީ، ކަންކަން ބަދަލުކުރެވިގެން ނޫނީ ރާއްޖޭގެ އިޤްތިޞާދީ ސިޔާދަތު ގާއިމް ނުކުރެވޭނެ ކަމަށް އިލިޔާސްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.