އެމްއެންޕީގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: އެމްއެންޕީ
ހަބަރު
21 Nov 2023 | 13:59
މަޖިލީސް ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެމްއެންޕީ އުނިކޮށްފި

ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުނިކޮށްފި އެވެ. 

އެ ދަފްތަރުން އެމްއެންޕީ އުނިކޮށްފައިވަނީ މެމްބަރުންގެ ސިޔާސީ ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރެވޭ ގާނޫނީ އަދަދު ހަމަނުވާތީ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވާ އުފައްދަވާފައިވާ އެމްއެންޕީގައި މީގެ ކުރިން 3 މެމްބަރުން ތިއްބެވިއެވެ. އެއީ ނާޒިމްގެ އިތުރުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުالله ރިޔާޒާއި، ވިލިގިލި ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. 

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބަންޑާރަ ނައިބުގެ މަގާމަށް ވަޑައިގެންނެވުމަށް އުޝާމް މަޖިލީސް މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ގާނޫނުގައި ބަޔާންކުރާ އަދަދު އެމްއެންޕީއަށް ވަނީ ގެއްލިފައެވެ. 

އެކަމަށް އަލިއަޅުވާލައްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަޖިލީހުގެ ގަވައިދާއި ހަވާލާދީ ވިދާޅުވީ ސިޔާސީ ޕާޓީތަކުން މަޖިލީހުގައި ތަމްސީލުކުރަން އެދޭ މެމްބަރުންގެ އަދަދު އެއްވެސް ވަގުތެއްގައި ތިން މެމްބަރުންނަށްވުރެ މަދުވެއްޖެ ނަމަ އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލިގެންދާނެ ކަމަށެވެ. 

އެހެންކަމުން މިވަގުތު އެ އަދަދަށް އެމްއެންޕީގައި މެމްބަރުން ނެތުމާއި ގުޅިގެން ގަވައިދު ނުވާ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިފައިވާކަމަށް އަސްލަމް ވަނީ އިއުލާނުކުރައްވާފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ކެބިނަޓަށް ވަޑައިގަތުމަށް އުޝާމުގެ އިތުރުން ޕީޕީއެމާއި، ޕީއެންސީގެ ބައެއް މެމްބަރުން ވެސް ވަނީ އިސްތިއުފާދެއްވާފަ އެވެ. 

މެމްބަރުން އިސްތިއުފާދެއްވި ނަމަވެސް، އެ ގޮނޑިތަކަށް އިތުރު މެމްބަރުން އައްޔަންކުރުމަށް ބައި-އިލެކްޝަން ނުބާއްވަން ނިންމާފައިވާކަމަށް އީސީން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.