އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
21 Nov 2023 | 14:13
ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އައިޔޫއެމްއަށް ސްކޮލަރޝިޕްތަކެއް ހުޅުވާލަނީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މުވައްޒަފުން ޕީއެޗްޑީ ފެންވަރަށް ގެނައުމަށްޓަކައި އެ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޚާއްސަ ކުރެެވިގެން ސްކޮލަރޝިޕް ފުރުޞަޠުތަކެއް ހުޅުވާލުމަށް ރާވަމުން އަންނަކަން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރައްވައިފިއެވެ. 

މިއަދު އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ކުރިއަށްދިޔަ، ގދ ތިނަދޫ އިސްލާމީ މަރުކަޒު އެ ޔުނިވަރސިޓީގެ ކެމްޕަހެއްގެ ގޮތުގައި ހަމަޖައްސައި 10 އަހަރު ދުވަހުގެ މުއްދަތަކަށް ހަވާލުކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ، ދާއިރާއިން ޚާއްސަވުމަށް ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޚާއްސަ ކުރެވިގެން ޕީއެޗްޑީ ފެންވަރުގެ ސްކޮލަރޝިޕްތަކަކަށް ހުޅުވާލުމަށް ރާވަމުން އަންނަ ކަމުގައެވެ. 

އައިޔޫއެމްގެ ސްޓާފުން ބިނާ ކުރުމަށް، ކޮންމެ އަހަރަކަށްވެސް ކަނޑައެޅިގެން ވަކިވަރަކަށް ސްކޯލާޝިޕްދޭން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. ސްކޯލާޝިޕް މި ދެނީ ހަމައެކަނި ޕީއެޗްޑީ ފެންވަރަށް. ހިލޭ ޑިގްރީއާ ކަންކަން އޮވޭތާ. އެހެންވީމާ ކޮންމެހެން ޑިގްރީއަކަށް އަޅުގަނޑުމެންނަށް ލާޒިމެން ނޫން. އެހެން ނަމަވެސް ސްޕެޝަލައިޒް ވުމަށް، ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ބޭނުންވާ އެހީތެރިކަން އަޅުގަނޑުމެން މި ތިބީ އިސްލާމިކް ޔުނިވާސިޓީ އަށް ފޯރުކޮށްދޭން ތައްޔާރަށް. 

ޑރ. ޝަހީމް ޢަލީ ސަޢީދު 

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި އިސްލާމީ ޔުނިވަރސިޓީގެ ޢިލްމު މުޅިރާއްޖެއަށް ފުޅާކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަމަށްޓަކައި ކިޔަވައިދެއްވާ ލެކްޗަރަރުން އެ ފެންވަރަށް ތަމްރީނު ކުރުމަކީ މުހިއްމުކަމެއްކަމުގައި ދެކިލައްވާކަމަށެވެ. 

އިސްލާމިކް ޔުނިވަރސިޓީ މިދަނީ ވަރަށްބޮޑަށް ފުޅާވަމުން، ކުރިއަށް މި އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލަފާ ކުރެވޭ ގޮތުގައި މުޅި ރާއްޖެއަށް އިސްލާމިކް ޔުނިވަސިޓީގެ ބިނާތަށް ރާއްޖޭގެ ކަންކޮޅުތަކުގައި ބިނާވެގެންދާނެ، ޔުނިވަރސިޓީގެ ކޯސްތައް ފެށިގެންދާނެ 

ޑރ ޝަހީމް

މީގެ އިތުރުން އެމަނިކުފާނު ވަނީ، ތަރުޖަމާ ކުރުމާއި ދިރާސާތައް ކުރުމުގެ ރޮނގުން މަސައްކަތައް ފުޅާކޮށް އިސްލާމީ ޙަޟާރާތާއި ޢިލްމާއި އިސްލާމީ ނޫރު މި ބިމުގައި ފެތުރުމުގެ މަސައްކަތް ކުރުމަށް ހުރި މައިގަނޑު މުއައްސަސާގެ ހައިސިއްޔަތުން ތަނުގައި ކިޔަވައިދެއްވާ ލެކްޗަރަރުން އެކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އިސްލާމީ ޔުނިވަރސިޓީގެ ފަލްސަފާއާއި ލަނޑުދަނޑިތައް ޙާސިލްކުރުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.