ފަލަސްތީނަށް ތާއީދުކޮށް ރ އިނގުރައިދޫގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން--ފޮޓޯ/އިނގުރައިދޫ ކައުންސިލް
ހަބަރު
23 Nov 2023 | 15:10
ކުޑަކުދިންގެ ލޭ ބޮމުން ދާއިރު ޔޫއެން އޮތީ ނިދާފައި! މިތިބީ ފަލަސްޠީނާއެކު: އިނގުރައިދޫ ރައްޔިތުން

އިސްރާއީލުގެ ހައްދުފަހަނަ އަޅައިފައިވާ ސިފައިން ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތަކުގައި ހާކުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުންނާއި އެ ހަމަލާތަކުގައި ޝަހީދުވަމުން އަދި ހާލުގައި ޖެހެމުންދާ އާންމުންނާއި ކުޑަކުދިންގެ ހައްޤުގައި އަޑު އުފުލުމުގެ ގޮތުން އިނގުރައިދޫ ގައި ޚާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. 

މި ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ އޫއެން ގެ ފަރާތުން ބައިނަލްއަޤވާމީ ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަމުން އަންނަ އިރު ދުނިޔޭގެ ޤައުމެއްގައި އެއްވެސް ޙައްޤަކާއި ނުލައި ކުޑަކުދިން ޝަހީދުކޮށް ހާލުގައި ޖައްސަމުން އަންނަ އިރު ޔޫއެން  އެކަމަށް އެއްވެސް ވަރެއްގެ ބަހެއް ނުބުނެ ހަނު އޮންނަ އޮތުމާއި ދެކޮޅަށް އިނގުރައިދޫ ރައްޔިތުން ތިބިކަން ދައްކުވައިދިނުންކަމަށެވެ. 

ފަލަސްޠީނުގެ ކުޑަކުދިންގެ ލޭބޮމުން އަންނަ އިރުވެސް ޔޫއެން އޮތީ ހަނު، އަޅުގަނޑުމެން މިތިބީ ފަލަސްޠީނުގެ ރައްޔިތުންނާއެކު

ހަރަކާތުގެ އިސްވެރިއެއް

އެގޮތުން މިއަދާ މާދަމާ އިނގުރައިދޫގައި ހާއްސަ ހަރަކާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. މިއަދު އެރަށުގެ ރައްޔިތުން ހެދިކާ ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންދާއިރު، މާދަމާ އެރަށުގައި ޔޫއެންގެ އަމަލުތަކާއި ދެކޮޅަށް އަދި އިސްރާޢީލުގެ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލައި ޚާއްސަ ހިނގާލުމެއް އޮންނާނެކަމަށް އެރަށުން މައުލޫމާތު ދެއެވެ. 

މި ހަނގާލުމުގެ ތެރެއިންވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމުގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމުގައި އެރަށުން މައުލޫމާތުދެއެވެ. 

ކޮމެންޓް
ހަސަން
ރ.އިނގުރައިދޫ ރައްޔިތަކަވީތީ ފަހުރުވެރިވޭ އިނގުރައިދޫ އަކީ މީހަކަ ދެރަކަމެއް ވެއްޖެޔާ އެންމެ ކޮޅަތެދުވާ ނަމޫނާ ރަށެކެވެ.
23 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.