ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވާހަކަ ދައްކަވަނީ-- ފޮޓޯ/މިނިސްޓްރީ
ހަބަރު
23 Nov 2023 | 17:09
މިހާތަނަށް ބެލި ބެލުމުން ތިލަމާލެ ބްރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް: މިނިސްޓަރ

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ފެށި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލޭ ބުރިޖުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ތަކުން، އެ ބްރިޖްގެ ކޮލިޓީއާމެދު ކަންބޮޑުވާފަދަ ކަމެއް ފާހަގަވެފައިނުވާ ކަމަށް ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެ އެވެ. 

ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރަމުންދަނީ އިންޑިޔާގެ އެފްކޮންސް އާއި ހަވާލު ކޮށްގެންނެވެ. ރައީސް ޞާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢު ތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުންތައް އަމާޒުވީ އެފްކޮންސް އިން އެމަސައްކަތް ކުރަމުންދާ ގޮތާއިމެދުއެވެ. އެގޮތުން، ބްރިޖުގެ މަސައްކަތައް ގެނައި ޕްލެޓްފޯމް ފަރަށް އެރި މައްސަލައާއި، ޓެސްޓް ޕައިލް ހުރި ގޮތުން، ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ސަރުކާރަށް އަމާޒުވެގެންދިޔައެވެ. އަދި އެއާއެކު ބްރިޖުގެ ކޮލިޓީއާމެދު މެދުވެސް ގިނަ ބައެއް ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 

އެ ސަރުކާރު ބަދަލުވެ، އައު ސަރުކާރުގެ ދައުރު މިހާރު ފެށިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި، މިނިސްޓަރ މުއްޠަލިބުގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކުން އިއްޔެ ވަނީ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. 

ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު--ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ

އެގޮތުން، ސަރުކާރަށް ފާހަގަވި ކަންކަމާއި ގުޅޭގޮތުން، މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، ބްރިޖުގެ މަސައްކަތާއި ގުޅިގެން ފާޑުކީ ފަރާތްތަކުން، ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތަށް ފާޑުކިޔާފައިވާ ކަމަށެވެ. އަދި އެފްކޮންސް އިން އެ މަސައްކަތް ކޮށްފައިވަނީ "އެންމެ ބެސްޓް ޕްރެކްޓިސް" ނުވަތަ އެކަން ކުރަންވީ އެންމެ ރަނގަޅަށް ނޫން ކަމަށްވިޔަސް، މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ހަވާލުކުރެވިފައިވާ ކޮންސަލްޓަންޓުން، އެ މަސައްކަތް ކުރާ ހުރިހާ ވަގުތެއްގައި އެތަނުގައި ތިބޭ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އެހެންކަމުން ކަމުން ބްރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވަންޖެހޭ ކަމެއް މިހާތަނަށް ފާހަގަވެފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

ކޮންސަލްޓަންޓް ވެސް 24 ގަޑިއިރު މަސައްކަތް ކުރާއިރު އެތާ ތިބޭ. ދެން އެކަހަލަ ކަމެއް ހިނގީމަ، އެބޭފުޅުން ޗެކްކޮށް ބަލާ. ދެން އިއްޔެވެސް ރައީސްވެސް އެއްސެވި ކޮންސަލްޓަންޓް އަރިހުން، ކޮންކްރީޓް ސްޓްރެންތާ މި އެއްޗެހިތައް. އެ އެއްޗެހިތައް ފުދޭވަރަކަށް ރަނގަޅު ކޮލިޓީގައި ފެންނަނީ. އަޅުގަނޑުމެން ކާސްޓިންގ ޔާޑަށްވެސް ދިޔައިން. ދެން އަޅުގަނޑުމެން، ބަލާބެލުމަށް ރަނގަޅު ކޮލިޓީއެއްގައި ހުރީ. ދެން އަޅުގަނޑުމެންނަށް ލިބިފައި ހުރީ ޓެސްޓް ރިޕޯޓްތަކާއި އެއްޗެހިވެސް. ބަރާބަރަށް ޓެސްޓް ހަދައި، ޓެސްޓް ވެރިފައި ކުރަމުން ގެންދަނީ. އެހެންވީމާ ކޮލިޓީ އިޝޫއާމެދު މިހާރަކު މިވަގުތު އަޅުގަނޑުމެންގެ ކަންބޮޑުވުމެއް ނެތް. 

ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު

މިނިސްޓަރު ވިދާޅުވީ، ބްރިޖުގެ ޓެސްޓް ޕައިލްތައް ހަރުކުރުމަށްފަހުވެސް ބަލަންޖެހޭ ކަންކަން ބަލާފައި ހުރިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާ، އެހެންނަމަވެސް، އެއީ މިވީ ކުޑަ މުއްދަތުގެ ތެރޭގައި ބަލައި ދިރާސާ ކުރުމުން ފެންނަންހުރި ކަންކަން ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާއިގުޅޭގޮތުން މައްސަލައެއް ހުރިކަން ފާހަގަވެއްޖެ ނަމަ، އެކަން ހާމަކުރައްވާނެ ކަމަށާ، އެ މައްސަލަ ހައްލު ކުރެއްވުމަށްވެސް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު--ފޮޓޯ/ މިނިސްޓްރީ

ތިލަމާލޭ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ކުރީ ސަރުކާރުން ކުރިން ލަފާކުރީ އަންނަ އަހަރުގެ މެދު ތެރޭގައި ކަމަށެވެ. އެހެންނަމަވެސް، ވެރިކަން ބަދަލު ވުމުގެ މަރުހަލާތެރޭގައި، އެ ސަރުކާރުން، އެ މުއްދަތު އިތުރުކޮށްފައިވާ ކަން މިނިސްޓަރ މިއަދު ހާމަކުރައްވާފައި ވާއިރު، މިހާރު އޮތް ގޮތުން އެ މަސައްކަތް އެއްކޮށް ނިންމޭނީ 30 ސެޕްޓެމްބަރު 2026 ގައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެ ކަމަށް އެފްކޮންސް އިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.