ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވާހަކަ ދައްކަވަނީ-- ފޮޓޯ/މިނިސްޓްރީ
ހަބަރު
23 Nov 2023 | 19:43
"ކުރީ ސަރުކާރުން އޮތީ ބުރިޖް ނިންމުން 2026 އަށް ފަސްކޮށްފަ؛ އެކަން ކުރީ މަޝްވަރާކުރުމެއްނެތި"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް ތިލަމާލެ ބުރިޖުގެ އެއްބަސްވުން އައުކޮށް، އެ މަޝްރޫއު ނިންމާ ތާރީޚް 2026އަށް ފަސްކޮށްފައިވާ ކަމަށް މި ސަރުކާރުގެ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބުދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

ތިލަމާލޭ ބުރިޖުގެ މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން މިނިސްޓަރ މުއްތަލިބު ވަނީ، ބްރިޖުގެ މަސައްކަތް އެންމެ ކުރިން ޕްލޭން ކުރެވުނު ގޮތަށް ކުރިއަށް ދެވުނު ނަމަ، ނިމެންޖެހޭ ތާރީޚާއި, އަދި މިހާރު އެ މަސައްކަތް ކުރިއަށް ގޮސްފައިވާ ތާރީޚަށް އަލިއަޅުވާ ލައްވައި ވާހަކަ ދައްކަވާފައެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތް ލަސްވުމުގައި ކުރީ ސަރުކާރާއި އެފްކޮންސްގެ ފަރާތުންވެސް ޝަކުވާތައް ހުށަހަޅާފައިވާ ކަމަށެވެ. ޚާއްސަކޮށް އެފްކޮންސް އިން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރި ދަތިތަކާއި ގުޅިގެން ގިނަ ޝަކުވާތަކެއް ކޮށްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެ ޝަކުވާ ތަކަށް ބަލައި، ކުރީ ސަރުކާރު ނިމެން ކައިރިވެފައި ވަނިކޮށް އެކުންފުންޏާއި އެކުވެފައިވާ އެއްބަސްވުން އަލުން އައު ކޮށްފައިވާ ކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. 

"އެ މަސައްކަތް ލަސްވެގެން ދިޔައީމާ ކޮންޓްރެކްޓަރ އަށް ލަސްވުމަށް އަރާ ޖޫރިމަނާގެ އަދަދަކީވެސް ފުދޭވަރަކަށް ބޮޑު އަދަދެއް. އެހެންވީމާ ދެފަރާތުން (ކުރީ ސަރުކާރާއި އެފްކޮންސް) މަޝްވަރާކޮށްފައި 16 ނޮވެމްބަރ 2023 ގައި، ސަޕްލިމެންޓްރީ އެގްރީމެންޓެއްގައި ސޮއި ކޮށްފައި މިއޮތީ. އާ ސަރުކާރާއި ހަވާލުވުމުގެ ކުރިން މިއޮތީ ސަޕްލިމެންޓްރީ އެގްރީމެންޓެއްގައި ސޮއި ކޮށްފައި. އެގްރީމެންޓް ގައި ވާގޮތުން މިހާރު މަސައްކަތް ނިންމަންޖެހެނީ 30 ސެޕްޓެމްބަރު 2026"

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބުދުالله މުއްތަލިބު

މިނިސްޓަރު މުއްޠިބު ވިދާޅުވީ އެ އެއްބަސްވުމަކީ ކުރީ ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުމަކަށް ވީ ނަމަވެސް، މި ސަރުކާރުންވެސް އެ އެއްބަސްވުމަށް އިހުތިރާމް ކުރާންޖެހޭނެ ކަމަށާ، އަދި އެއްބަސްވުމަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ.

އުސޫލެއްގެ ގޮތުން އަޅުގަނޑުމެންނަށް މިހާރު ކުރެވޭނެ ކަމަކީ މި ޝެޑިއުލުން ކައްސައިނުލާ ދިއުން. އެއީ މިހާރު އެންމެ މުހިއްމު އެއް ކަންތައް. ދެވަނަ ކަމަކީ ޝެޑިއުލުން ކައްސައިނުލާ އަދި އަޅުގަނޑުމެންނަށް އަވަސް ކުރެވޭނެ ގޮތްތަކެއް ހުރިތޯ ބަލާފައި އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުން.

އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބުދުالله މުއްތަލިބު

މީގެ އިތުރުން މުއްތަލިބު ވިދާޅުވީ ސަޕްލިމެންޓްރީ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ މަޝްރޫއަށް އިތުރު ޚަރަދެއް ނުދާގޮތަށް ކަމަށެވެ. 

ތިލަމާލެ ބުރިޖު ނިންމާނެ ކަމަށް ކުރީ ސަރުކާރުން އެކި ތާރީޚް ދީފައިވާއިރު, އެންމެ ފަހުން ދިން ތާރީޚަކީ 27 މެއި 2024 އެވެ. ނަމަވެސް އެ މަޝްރޫއުގެ މިހާތަނަށް ނިމިފައިވަނީ 29 އިންސައްތަ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.