ވާވެއިކުންފުނީގެ ޗީފް އެގްޒެކްޓިވް އެމެރިކާއާއި ހަވާލުކުރަން ކެނެޑާއިން ނިންމައިފި

02 Mar 2019 | 14:51

ވާވެއިގެ ޗީފް އެގްޒެކްޓިވް މިސް ވެންގ ވަންގްޒޫ އެމެރިކާއާއި ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދަން ކެނެޑާ ސަރުކާރުން ނިންމައިފިއެވެ. އެކަމަކު ކޯޓުން އެކަމުގައި ފަހުގެ ނިންމުމެއް ނިންމާނެކަމަށް ބުނެއެވެ.

ޗައިނާގެ އެންމެ ވަރުގަދަ ޓެލޮކޮމް ކޮމްޕެނީ އަދި މޯބައިފޯން އުފައްދާ ވާވެއި ކުންފުނީގެ ޗީފް އެގްޒެކްޓިވްގެ މައްޗަށް އެމެރިކާގައި ޝަރީއަތްހިންގަން އެމެރިކާ ބޭނުންވެއެވެ. އެއީ އީރާނާއިމެދު އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކާއި ވާވެއިކުންފުނިން ޚިލާފްވެފައިވާކަމަށް ތުހުމަތުކޮށެވެ.

ކެނެޑާގައިހުންނަ ޗައިނާގެ އެންމެބަސީންވަނީ ކެނެޑާސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިއީ ސިޔާސީ ދައުވާއެއްކަމަށާއި އޭނާ ދޫކޮށްލުމަށް ޗައިނާއިން ގޮވާލިއެވެ.

މިދިޔަ ޑިސެމްބަރ މަހު މިސް ވެންގްވަންގްޒޫ ހައްޔަރުކުރުމާއެކު ޗައިނާއިންވަނީ ކެނެޑާގެ ދެވިޔަފާރިވެރިޔަކު ގަވާއިދާއިޚިލާފް ހަރަކާތްތަކެއް ޗައިނާގައި ހިންގާފައިވާކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި ވާވެއިކުންފުނީގެ ޒަމާނީ ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުން އެމެރިކާއަށް ޖާސޫސްކޮށްފާނެކަމަށް އެމެރިކާއިން ބިރުގަނެއެވެ. އެހެންވެ ވާވެއިގެ ބައެއް ޕްރޮޑޮކްޓްތަކާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވެއެވެ.

Advertisement

ކޮމެންޓް