މިނިސްޓަރު މުހައްމަދު ސަޢީދު އާއި ރައީސުލްޖުމްހޫރިއްޔާގެ ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
24 Nov 2023 | 18:20
ރައީސް ޑރ. މުޢިއްޒަކީ ގިނަވަގުތު ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރައްވާ ވެރިއެއް: ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަކީ ރައްޔިތުންގެ ޚިދުމަތުގައި ގިނަ ވަގުތު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ސަޢީދު މިފަދައިން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް ޑރ މުއިއްޒުގެ މަސައްކަތްޕުޅަށް ތަޢުރީފް ކުރައްވައި ސަޢީދު ކުރެއްވި އެ ޓުވީޓުގައި އޭނާ ވަނީ، ވެރިކަމުގެ ފުރަތަމަ ޙަފްތާގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ކުރިއަށްގެންދަވާފައި ކަން ފާހަގަކުރައްވާފައެވެ. އަދި މިވީ ދުވަސްތަކުގައި ރައީސް މުޢިއްޒަކީ ބުރަ އަދި ގިނަވަގުތު ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެގޮތުގައި ފާހަގަވެފައިވާ ކަމަށް ސަޢީދު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ފާހަގަވީ، ވަރުބަލިކަމެއްނެތި ބުރަ އަދި ގިނަވަގުތު ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި. إن شاء الله ދެން ދާނީ ބާރުސްޕީޑާއިއެކު ކުރިއަށް!" ސަޢީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ މަސައްކަތަށް ތަޢުރީފް ކުރައްވައި ސައީދު ޓުވީޓެއް ކޮށްފައިވާއިރު، ސަރުކާރުގެ ގިނަ ވުޒާރާތައް ފުރަތަމަ ހަފްތާއިން ފެށިގެންވެސް ވަރަށް ބާރަށް ހިނގަމުންދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

ރައީސްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންވެސް ފާހަގަ ކުރައްވާފައިވާ ގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ކަންކަން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދިޔުމަށެވެ. އެހެންކަމުން، އެކަމަށްޓަކައި މަސައްކަތް ކުރެއްވުމަށް އިރުޝާދު ދެއްވަމުންދާ ކަމަށް މިނިސްޓަރުން ފާހަގަ ކުރައްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.