ޚާރިޖީ ވަޒީރު މޫސާ ޒަމީރަށް މަގާމުގެ ފަތްކޮޅު އެރުވުން
ހަބަރު
25 Nov 2023 | 09:48
ރައީސް ޑރ މުއިއްޒުގެ ސިޔާސަތުތައް ތަންފީޛުކުރުމުގައި ސާބިތުވެ ތިބޭނަން: މިނިސްޓަރ ޒަމީރު

ކުރިއަށް އޮތް 5 އަހަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސާބިތުވެ ތިއްބަވާނެކަމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް ޔާމީނު އެ ޕާޓީން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން އިއުލާނުކުރައްވައި އެކަމުގެ މަސައްކަތްތައް ކުރިއަށްދާ މި ދަނޑިވަޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް 5 އަހަރަށް ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ޚިދުމަތްކުރަން ފެށިފައިވާއިރު، އެ ބޭފުޅުން ތިއްބެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއެކުއެވެ. 

ޕީޕީއެމް-ޕީއެންސީއާ އެކު އިޚްލާސްތެރިކަމާ އެކު ކުރިއަށްގޮސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރައްޔިތުންނަށް ހުށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޛްކުރުމުގައި އަޅުގަނޑުމެންގެ ބަދަހި ސަފުތައް ސާބިތުވެ ދެމިތިބޭނަން. 

މިނިސްޓަރ މޫސާ ޒަމީރު

މީގެ އިތުރުން މިނިސްޓަރ ގެ ޓުވީޓުގައި ބުނެފައިވަނީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ލިބެން އޮތް މަގަކީ ޑރ މުއިއްޒުއާއެކު ސާބިތުކަމާއެކު ތިބުން ކަމަށާއި ޤައުމާއި ރައްޔިތުންގެ އުންމީދުތައް އެހެން އެއްވެސް ބަޔަކާއި އެއްޗަކާއި ކަމަކަށް ވުރެ ބޮޑު ކަމުގައެވެ. 

ޕީޕީއެމްއާއި ވަކިވެ ވަޑައިގެން ވަކިން ޕާޓީއެއް އުފައްދަވާކަން ހާމަކޮށްފައިވާއިރު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ އެކި ވުޒާރާތަކުގެ ވަޒީރުންނާއި އެހެނިހެން އިސްވެރިން އަންނަނީ ރައީސް ޑރ މުއިއްޒުއާއެކު ތިއްބެވިކަން ހާމަކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.