މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް / ފޮޓޯ: މަޖިލިސް
ހަބަރު
27 Nov 2023 | 11:43
ދައުރު ނިމެންވެފައި ވަނިކޮށް ކުރީ ސަރުކާރުން މަޖިލީހަށް ފޮނުވި ބައެއް ސަފީރުންގެ ނަންތައް އަނބުރާ ނަގައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުގެ ފަހު ދުވަސް ކޮޅުގައި، މަޖިލީހުން ރުހުން ދިނުމަށް ފޮނުވުނު ސަފީރުންގެ ނަންތައް، މިސަރުކާރުން އަނބުރާ ގެންގޮސްފި އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން އަސްލަމް ވަނީ ކުރީ ސަރުކާރުން ބައެއް މުއައްސަސާތަކަށް އަދި ޤައުމުތަކުގެ ސަފީރުންގެ ގޮތުގައި އައްޔަންކުރަން މަޖިލީހަށް ފޮނުވާފައިވާ ނަންތައް މި ސަރުކާރުން އަނބުރާ ނަގައިފައިވާކަން ހާމަކުރައްވާފައެވެ. 

އެގޮތުން އަސްލަމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އައްޔަން ކުރަން ކުރީގެ ރައީސް ޞާލިހު މަޖިލީހަށް ފޮނުވި ނަންތައް މިމަހު 22 ވަނަ ދުވަހު މި ސަރުކާރުން، އަނބުރާ ގޮސްފައިވާ ކަމަށެވެ. 

އަދި މިއަހަރު އޭޕްރިލް މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަން ކުރައްވާފައިވާ ފާތިމަތު ޝިވްރީން އާއި މެއި މަހު އައްޔަން ކުރެއްވި މުހައްމަދު އާޒާދަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް، މިމަހު 20 ވަނަ ދުވަހު އެ ދެބޭފުޅުން ވެސް އެ މަގާމްތަކުން އިސްތިއުފާ ދެއްވާފައިވާ ކަން ރައީސް އޮފީހުން މިމަހު 22 ވަނަ ދުވަހު މަޖިލީހަށް އަންގާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

މީގެ އިތުރުން، ރައީސް ސޯލިހު ނަން ފޮނުވި ހަތަރު ސަފީރެއްގެ ނަންތައް ވެސް އަނބުރާ ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިމަހު 21 ވަނަ ދުވަހު މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން، ނަން އަނބުރާ ގެންދެވި ސަފީރުންނަކީ، ޕާކިސްތާނަށް ކަނޑައެޅި ސަފީރު ސެލީނާ ހަދީޖާ ނަޖީހާއި، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅި ސަފީރު މިދްފާ ނައީމް އާއި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަށް ކަނޑައަޅާފައިވާ ސަފީރު ހުދާ އަލީ ޝަރީފްގެ އިތުރުން ބަންގްލާދޭޝް އަށް ކަނޑައެޅި ސަފީރު ޝިއުނީން ރަޝީދުގެ ނަންފުޅެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.