މަޖިލިސް ޖަލްސާއެއްގެ ތެރެއިން --ފޮޓޯ/ މަޖިލިސް
ހަބަރު
27 Nov 2023 | 15:00
މަޖިލީހުގެ ހިނގަމުންދާ ދައުރު އަންނަ މަހު 7 އަށް ދަންމާލަން ފާސްކޮށްފި!

ރައްޔިތުން މަޖިލީހުގެ މި ހިނގާ މިއަހަރުގެ ފަހު ދައުރު އަންނަ މަހުގެ 7 ވަނަދުވަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މި ދައުރު ދަންމާލަން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 51 މެމްބަރުންގެ ތާއީދާއެކުއެވެ. އެކަމަށް ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓް ދެއްވިއިރު ވަކިގޮތަކަށް ވޯޓް ނުދެއްވާ 6 މެމްބަރަކު ތިއްބެވިއެވެ. އެކަން ފާސް ކުރަން ބޭނުން ވަނީ 27 މެންބަރުންގެ ވޯޓު ކަމުން، މަޖިލީހުގެ މިދައުރު އަންނަ މަހު 7 އަށްވަނީ ދިގުކުރެވިފައެވެ. 

މަޖިލީހުގެ ދައުރު ދަންމާލަން ނިންމެވި ސަބަބެއް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މި ހިނގަމުންދާ ދައުރު ނިމެން ކައިރިވެފައިވާއިރު، ދައުލަތުގެ ބަޖެޓް ފާސްކުރުން ހިމެނޭހެން މި ދައުރުގައި ނިންމަންޖެހޭ މުހިންމު ގިނަ ކަންކަން ނުނިމި ހުރުމެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ހުށަހެޅުމުން، މައްސަލަ ކުރިއަށް ނުގެންދެވި، މަޖިލީހުގެ އެހެން ކަންކަން ވެސް ކުރިއަށް ނުގެންދެވުގެ ސަބަބުން، ނަޝީދު އިސްތިޢުފާ ދެއްވަންދެން މަޖިލީސް އޮތީ ހުއްޓުމަކަށް އައިސްފައެވެ. 

އޭގެ ނަތީޖާއެއްގެ ގޮތުން ބަޖެޓްގެ މަސައްކަތްވެސް ފެށުނީ ފަށަންޖެހޭ ތާރީޚަށްވުރެ ލަހުންނެވެ. އަދި އިއްޔެ ބަޖެޓުގެ ބަހުސް މަރުހަލާ ނިމިފައިވީ ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކުރަންޖެހުމާއިއެކު އެހެން މަސައްކަތްތައް އަނެއްކާވެސް ވަނީ ލަސްވެފަ އެވެ.

ބަޖެޓްގެ މައްސަލައިގެ އިތުރުން, އައު ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތާ، މަޖިލީހުގެ ރުހުން ބޭނުންވާ އެހެން މަގާމު ތަކުގެ މައްސަލަވެސް މިހާރު ވަނީ މަޖިލީހަށް ހުށަހެޅިފައެވެ. އެކަންކަން ކޮމިޓީ މަރުހަލާގައި އޮތްއިރު، އެ ނިންމައި ވޯޓަށް އެހުންވެސް މިދައުރުގައި ނިންމަން ޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.