މެމްބަރު މީކާއިލް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
28 Nov 2023 | 12:34
ލިޔުން ލިބިފައިވާ ފަރާތްތަކަށް ގޯއްޗާއި ފްލެޓު ދިނުން އަވަސްކުރުމަށް ގޮވާލައިފި

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކޮށްފައިވާ ފްލެޓުތައް ދިނުން އަވަސްކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށައަޅުއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށައެޅުއްވި އެ މައްސަލައިގެ ގަރާރު ބަލައިގެނެ މަޖިލީހުގައި ވަނީ ބަހުސްވެސް ކުރެވިފަ އެވެ. 

މީކާއިލް ހުށައެޅި އެ މައްސަލައިގައި ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މި ސަރުކާރުން އެކިފަހަރު އެކި ގޮތަށް ވާހަކަދައްކަވަމުން ދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެގޮތުން އެއްވެސް ސަރުކާރަކުން ރައްޔިތަކަށް ދީފައިވާ ފްލެޓެއް ނުވަތަ ގޯއްޗެއް އަތުނުލާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، ހައުސިން މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާޔު ދެއްވަމުން ދެއްކެވި ވާހަކަފުޅުން ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ. 

އެގޮތުން މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ކުރީ ސަރުކާރުން ދިން ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ނުދެވޭނެ ކަމާއި ރަޖިސްޓްރީތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަވާފައިވާކަން މީކާއިލް ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ދީފައިވާ ބައެއް ގޯތިތައް އެހެން ހިސާބުތަކަށް ބަދަލުކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓު ރިވިއުކޮށް، އަލުން އެ ސްކީމަށް އެދި ފޯމު ހުށައަޅަން ޖެހިދާނެކަމުގެ ވާހަކަތައް ވިދާޅުވެފައި ވުމަކީ ސަރުކާރުގެ ވިސްނުމާއި ތަސައްވަރާއި ދޭތެރޭ ކަންބޮޑުވާ ކަންކަމުގެ ގޮތުގައި މީކާއިލް ފާހަގަކުރެއްވި އެވެ. 

ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ބަޖެޓްގައި އެއްވެސް ހަރަދެއް ހިމަނާފައި ނުވާކަމީ ވެސް އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށްފަހު އަލުން ބަލުން ތަނެއް (ފުށިދިއްގަރު ފަޅު) ހިއްކުމަށް ބަޖެޓުގައި ހިމަނައި އެ މަސައްކަތް ކުރަމުން ދިއުމަކީ ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ. 

އެއާއެކު މީކާއިލް ވަނީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވާނުވާގައި ބޭއްތިބުމުގެ ބަދަލުގައި މިކަމާ ގުޅޭ ސަރުކަރުގެ އަސްލު ސްޓޭންޑް ހާމަކޮށް، ލިޔުން ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާލައްވާފަ އެވެ. 

މިދިޔަ ސަރުކާރުން ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅުން ވަނީ ގޯތި ދޫކޮށް ބައެއް މީހުން ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ. 

އޭގެ އިތުރުން ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓު ލިބޭނެ މީހުންގެ ލިސްޓެއް ވެސް އެކުލަވާލާ އާންމުކޮށްފަ އެވެ.

އެހެން ނަމަވެސް އޭސީސީން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާއި ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް މަޝްރޫއު ހުއްޓުވާފަ އެވެ. 

އެފަހުން ސަރުކާރު ބަދަލުވެ ހައުސިން މިނިސްޓަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، މިނިސްޓަރު ބޭއްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވަނީ އެ ލިސްޓު ރިވިއުކުރައްވާނެ ކަމަށާއި، އިންތިހާބުގެ ފުރަތަމަ ބުރު ނިމުމަށްފަހު ސަރުކާރުން ހިންގާފައިވާ އެފަދަ މަޝްރޫއުތަކާއި، ނިންމުންތަކަށް އިޚްތިރާމު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ