ތިނަދޫ އުތުރު ދާއިރާގެ މެންބަރު މުޣުނީ / ފޮޓޯ: މަޖިލިސް
ހަބަރު
28 Nov 2023 | 13:29
ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ ތަހުގީގެއް ހަދަން އެދިއްޖެ

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އަމާޒުކޮށް ކުރި ތުހުމަތުތަކުގެ ޙަޤީގަތް ދެނެގަނެ، އެކަން ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ހުށަހެޅުއްްވި އެ ޤަރާރުގެ ފުރަތަމަކިޔުން ވަނީ މިއަދުގެ ޖަލްސާއަށް އިއްވާފައެވެ.

ޢަބްދުލް މުޣުނީ ހުށައެޅުއްވި ޤަރާރުގައި ބުނެފައިވަނީ ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ޤައުމުތަކާއިއެކު، ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޤައުމީ ސަލާމަތާއި، ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް، ބުނެ އޭރުގެ އިދިކޮޅުން ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.

އޭގެ ސަބަބުން، ގިނަ ރައްޔިތުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށް، މިކަމާއި ގުޅޭ ހަޤީގަތްތައް ހާމަކުރުމަށް ގޮވާލާފައިވާއިރު އެފަދަ އެއްވެސް ޢަމަލެއް ނުވަތަ ސިޔާސަތެއް ކުރީ ސަރުކާރުން ތަންފީޒުކޮށްފައިވޭތޯ ދެނެގަންނަންޖެހޭ ކަމަށް އެ ގަރާރުގައި ވެއެވެ. 

"ހަތިޔާރު އެޅި އިންޑިއާ ސިފައިން ތިބި ކަމަށާ، ކަނޑުން ބައެއް ވިއްކާލި ވާހަކައާ، އެހެން ގައުމުތަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތައް ނުރައްކާވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް. އެހެންވީމަ ރައީސް ސާލިހުގެ ސަރުކާރުން އެފަދަ އަމަލެއް ހިންގާފައިވޭތޯ ދެނެގަނެ ތެދު ދޮގު ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި ބައިނަލްއަގުވާމީ ދުނިޔޭގައި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް." 

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ

މުޣުނީގެ އެ ޤަރާރުގައި ވަނީ އެ ތުހުމަތުތަކާއި ގުޅޭގޮތުން، އެކަންކަމުގެ ތެދު ދޮގު ދެނެގަނެ، ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް އެދިފައެވެ.

އެމްޑީޕީން މިފަދަ ގަރާރެއް ހުށަހަޅުއްވާފައި ވާއިރު، ކުރީ ސަރުކާރުން ހަމައެކަނި އިންޑިޔާއާއި އެކު ސިޔާސީ ގުޅުންތަކާއި ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން މިިދިޔަ 5 އަހަރުގެ ތެރޭގައި ޤާއިމުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާނެ ކަންކަން ހުރިއިރު އެކަންކަން އެއްވަސްވުންތަކުން އުނި ކުރައްވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.  

ކޮމެންޓް
ވިސްނޭ
ބައެއް މީހުންދޮގުވާހަކަ ދެއްކިޔަސް މަސްސަލައެއްނޫންހިތާމަހުރި
28 Nov 2023
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.