ޕީއެންސީގެ ކުރީގެ އެސްޖީ، ހިސްޓޯ--
ހަބަރު
30 Nov 2023 | 15:03
ޕީއެންސީގެ އެސްޖީ ޝިފާގު, އެ ޕާޓީން އިސްތިޢުފާ ދެއްވައިފި

ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އެ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވިކަން އަންގައި ޝިފާގު ޕީއެންސީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ފޮނުއްްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުން، ޕާޓީ އާއި ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ގޮތުން ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައި ދެވޭނެ ކަމަށް ގަބޫލު ނުކުރާތީ، ޕާޓީގެ އެސްޖީގެ މަގާމުންނާއި ޕާޓީންވެސް އޭނާ އިސްތިއުފާ ދިންކަމަށެވެ. 

ޕީއެންސީން ވަކިވެވަޑައިގެންނެވުމަށްފަހު ހިސްޓޯ ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފް އާ ގުޅިވަޑައިގެންފައެވެ. 

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކުރިން ފުވައްމުލަކު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮޑިއަށް އިންތިޚާބުވި ހިސްޓޯ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލްގެ މަގާމަށް އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގައި ނާކާމިޔާބުވެފައިވަނިކޮށެވެ.

ހިސްޓޯ ޔާމީން ގެ ޕާޓީއާ ގުޅެން ނިންމަވާފައިވާއިރު، ރައީސް ޔާމީން ގެ އައު ޕާޓީ އުފެއްދުމުގެ ހުއްދަ އިއްޔެ އީސީން ވަނީ ދީފައެވެ. އެ ޕާޓީގެ އަމާޒަކީ 24 ގަޑިއިރު ތެރޭގައި 3000 ފޯމު ހަމަ ކުރުން ކަމަށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ. 

އެހެންކަމުން ޔާމީންއަށް ތާއީދުކުރާ ހުރިހާ ފަރާތަކުންވެސް އެ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް އެޕާޓީން ވަނީ އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.