ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން/ ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
02 Dec 2023 | 11:29
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު ފެށިގެން ކުރިއަށް!

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން އެ ޕާޓީގެ މެމްބަރުން ތިބި ހުރިހާ ރަށެއްގައި ފަށައިފި އެވެ.

މިއިންތިޚާބަކީ އެ ޕާޓީގެ ރައީސާއި 3 ނައިބު ރައީސުން ހޮވުމުގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ރަށު ރައީސް، އަތޮޅު ރައީސް، މަޖިލިސް ދާއިރާތަކުގެ ރައީސް، އިންތިޚާބު ކުރުމަށް ކުރިއަށް ގެންދާ އިންތިޚާބެއްކަމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ޔަންގް ޑިމޮކްރެޓްސް ނުވަތަ ޒުވާނުންގެ ރައީސް ހޮވުން އޮންނާނެ ކަމަށްވެސް އެޕާޓީން ވަނީ މައުލޫމާތު ދީފައެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަމަށް ދެބޭފުޅުން ވާދަކުރައްވައެވެ.

އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ. 

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ 1043 މަޤާމަށް މީހުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން 271 މަޤާމަށް މީހުން އިންތިޚާބުވެފައި ވާއިރު މިހާރު ކުރިއަށްދާ އިންތިޚާބުގައި 35 މަގާމަކަށް މެމްބަރުން އައްކަންކުރެވިގެންދާނެ އެވެ. 

އެޕާޓީން ބުނީ 721 ހުސް މަޤާމް އޮތް ކަމަށާއި، އޭގެތެރޭގައި ރަށު އެސެމްބްލީ އާއި އަތޮޅު އެސެމްބްލީތަކުގެ ބައެއް މަޤާމްތައް ހިމެނޭ ކަމަށެވެ.

މިއަދު ކުރިއަށްދާ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 5883 ފަރާތަކަށް ލިބިގެންދާކަން ޕާޓީން ވަނީ ހާމަކޮށްފަ އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޑިމޮކްރެޓްސްއިން ވަނީ މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކޮށް ރަނގަޅު ކާމިޔާބީއެއް ހޯއްދަވާފަ އެވެ.

އެގޮތުން  ރިޔާސީ އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ ދަ ޑިމޮކްރެޓްސްއިން ނެވެ. އެ ޕާޓީއަކީ މި ވަގުތު މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ވެސް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.