ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ. ފޮޓޯ:މަޖިލިސް
ހަބަރު
02 Dec 2023 | 14:26
މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރާ މައްސަލަ މާދަމަ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

ފަންސާސް މެމްބަރުންގެ ސޮޔާއިއެކު ހުށަހަޅާފައިވާ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޤަރާރު މަޖިލީހަށް ބަލައިގަނެ، އެ މައްސަލައިގެ ނޯޓިސް އީވާ އަށް ފޮނުވާފައިވަނީ ނިމިގެންދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އީވާ ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ސޮއިކުރައްވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ 49 މެމްބަރުންނާއި، އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ އެވެ.

މަޖިލީހުގެ އާންމު ކޮމެޓީއިން ވަނީ މިޖަލްސާގައި ކޮންމެ މެމްބަރަކަށްވެސް 3 މިނިޓަށް ވުރެ އިތުރު ނުވާނެ ގޮތުގެ މަތިން 1 ފުރުސަތު ދިނުމަށް ކަނޑައަޅާފައެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރުމަށް ހުށަހެޅި ސަބަބެއްކަމަށް އެމްޑީޕީން ބުނެފައިވަނީ، މަޖިލީހުގެ ކުރީގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އީވާ އަމަލުކުރެއްވީ ޒާތީ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ. އެހެންކަމުން ޕާޓީގެ މެންބަރުންގެ އިތުބާރު އީވާ އަށް ގެއްލިފައިވާކަމަށް އެޕާޓީއިން ބުނެފައިވެއެވެ.

އެމްޑީޕީން މީގެ ކުރިން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މުހަންމަދު ނަޝީދު ވަކިކުރުމަށް 49 މެންބަރުންގެ ސޮޔާއިއެކު ގަރާރެއް ހުށަހެޅިއިރު، ތަފާތުއެކި ބަހަނާތައް ދައްކަވައި އެމައްސަލަ ކުރިއަށް ނުގެންގޮސް ވަނީ ލަސްކޮށްފައެވެ. ނަމަވެސް ފަހުން ނަޝީދު ވަނީ މަޖިލީހުގެ ރައީސްގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

އޭގެފަހުން މެންބަރުންގެ މެދުގައި ވޯޓެއްނަގައި، އެ ވޯޓް ކާމިޔާބު ކުރައްވައި މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތީ، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް ހުންނެވި މުޙައްމަދު އަސްލަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.