ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ހަސަން ލަތީފު/ ފޮޓޯ: ޑިމޮކްރެޓްސް
ހަބަރު
02 Dec 2023 | 22:54
ހަސަން ލަތީފު މޮޅުވެއްޖެކަން އަމިއްލަފުޅަށް އިއުލާނު ކުރައްވައިފި!

ދަ ޑިމޮކްރެޓްސްގެ ރައީސަކު ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ކާމިޔާބު ކުރެވިފައިވާކަމަށް، އިންތިޚާބުގައި ވާދަކުރެއްވި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަމިއްލަފުޅަށް އައިލާނުކުރައްވައިފި އެވެ. 

ހަސަން ލަތީފު މިފަދައިން އިއުލާނު ކުރައްވާފައިވަނީ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

އެގޮތުން ހަސަން ލަތީފު ވިދާޅުވީ އެތެރޭގެ އިންތިޚާބުގެ ވޯޓުފޮށިތަކުގެ ނަތީޖާތައް ދައްކާގޮތުން ބޮޑު ތަފާތަކުން އެ އިންތިޚާބު އެ ބޭފުޅާއަށް ކާމިޔާބުވެފައިވާ ކަމަށެވެ. 

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބަކީ މުޅި ރާއްޖޭގައި ހިންގުނު މުހިންމު ސިޔާސީ ހަރަކާތެއް ކަމަށާއި، ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުންކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

"ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން މި އިންތިޚާބު ކާމިޔާބު ވެއްޖެކަން. މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން"

ހަސަން ލަތީފު

ހަސަން ލަތީފުގެ އެ ޕޯސްޓުގައި ވަނީ ޑިމޮކްރެޓްސްގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި އޭނާ އަށް ތާއީދުކޮށް ވޯޓުދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ. 

ޑިމޮކްރެޓްސްގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބު ކުރެވުނުކަން ހަސަން ލަތީފު އަމިއްލަފުޅަށް އިއުލާނު ކުރެއްވި ނަމަވެސް، ޕާޓީން އަދި ނަތީޖާ އިއުލާނުކޮށްފައެއް ނުވެއެވެ. 

ނަތީޖާ އިއުލާނު ކުރުމަށް އެ ޕާޓީގެ ބައެއް އިސް މުއައްސަސުން ގޮވާލައްވާފައިވާއިރު، މީގެ ކުޑައިރުކޮޅެއް ކުރިން ޕާޓީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނަތީޖާ އިއުލާނު ކުރާނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.