ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
02 Dec 2023 | 23:46
ނަތީޖާ ހާމަކުރުން ލަސްކުރާތީ ޑިމޮކްރެޓްސްގެ އާންމު މެމްބަރުން ރަތަށް!

ހޮނިހުރި ދުވަހު ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އިއުލާނު ނުކުރާތީ ޕާޓީގެ އާންމު މެމްބަރުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ. 

ދިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު އެ ޕާޓީގެ މެމްބަރުން ތިބި ހުރިހާ ރަށެއްގައި ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ.

އިންތިޚާބުގެ ވޯޓުލުން ނިންމާ އެއްގަޑިއިރު ވީ އިރުވެސް ނަތީޖާ އިއުލާނުކޮށްފައި ނުވާއިރު، ހޮނިހިރު ދުވަހުގެ ރޭ 9:45 ގައި ދަ ޑިމޮކްރެޓްސްގެ ރަސްމީ އެކްސް ހޭންޑަލްއިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އިންތިޚާބުގެ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ކަމަށް ބުނެފައެވެ. 

އެތެރޭގެ އިންތިޚާބުގެ ނަތީޖާ އިއުލާނުކުރުން ލަސްވަމުން ދިއުމާއި ގުޅިގެން ޕާޓީގެ މެމްބަރުން އަންނަނީ ނުރުހުން ފާޅުކުރަމުން ނެވެ. އެގޮތުން އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދަށް ބަލާއިރު ނަތީޖާ އިއުލާނުކުރުން އެހާ ލަސްވެގެން ދިއުމަކީ ސުވާލު އުފެދޭކަމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. 

އެގޮތުން ނަތީޖާ އިއުލާނުކުރުން ލަސްކުރަމުންދާތީ ސައުދާން އިބުރާހިމް ކިޔާ މީހަކު ކުރި ކޮމެންޓެއްގައި ވަނީ މި އުޅެނީ މިލިއަނެއްހާ މީހުން ވޯޓުލައިގެން ތޯ ސުވާލު ކޮށްފަ އެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިޚާބެއްގެ ނަތީޖާ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ގެ ކޮމެންޓުގައި ބުނެފައި ވެއެވެ. 

"ހައެއްކަ މިލިއަން މެމްބަރުން ވޯޓު އެޅީމަ ލަސްވުން އެއީ ގަބޫލުކުރަން ދަތި ކަމެއްނޫން"

ސައުދާން އިބުރާއިމް 

"ތި ހަޑިހާވަނީ. ނަތީޖާ ނެރޭ! ކޮން ފާޑަކަށް ތި އުޅެނީ؟ ކުޑަކުޑަ އިލެކްޝަނެއް މީ. އަޖައިބެއް"

އުމޭ މުހައްމަދު 

ނުރުހުން ފާޅުކޮށް ކޮމެންޓު ކުރި މީހަކު ވަނީ ދަ ޑިމޮކްރެޓްސްއަކީ ޑިމޮކްރެސީގެ ހަމަތައް ދަންނަ ބައެއްކަމަށް ދެއްކުމަށް އިންތިޚާބުގައި ވާދަކުރި ބައެއް ފަރާތްތަކުން ރަށްރަށުގައި ދެއްކި ވާހަކަތަކާއި އެމީހުންގެ އަމަލާއި ދިމާނުވާކަން ފާހަގަކޮށް ނުރުހުމުގެ ބަސްތައް ރައްދުކޮށްފަ އެވެ. 

"އަދިވެސް ހަމްދާ ދުވޭ ރަށްރަށުގައި މީހުން ގުބޯ ހައްދަން، މީއޭ ޑިމޮކްރެޓުންނަނީ ކިޔާފަ. ކިހާ ޑިމޮކްރެޓިކް؟ ކުޑަ ކުޑަ ޕާޓީ އެއް ކިރިޔާ 3000 ހަމަ ކުރެވުނު ޕާޓީ އެއްގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ނުނެރެވުނު! ވެރިކަން ކުރަން ދިންނަމަވެސް ކަންކަން ދާނީ އަދު ނޫން މާދަމަށް"

ހަސީނާ

ނަތީޖާ އިއުލާނުކުރުން ލަސްކުރަމުންދާތީ ފާޑުކީ މީހަކު ވަނީ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި އިންތިޚާބުތަކާއި ވެސް ނުބައްދަލު ކަމަށެވެ.

 އޭގެ އިތުރުން ފާޑުކީ މީހަކު ވަނީ ފޮށިތައް މާލެ ގެނެސް ނުގާފަ ނޫނީ އިއުލާނު ނުކުރަން ފަސްކުރައްވަނީ ތޯ އަހާ ސުވާލުކޮށްފަ އެވެ.

"މައުމޫނު ކައިރިން ދަސް ކުރީ؟ ރަށްރަށުގައި ހުރި ފޮށިތައް މާލެ ގެނެސް ކެނެރީގޭގައި ގުނުމަށްފަހު އިއުލާން ކުރަންވާނީ"

މަފާވިޒް

ދަ ޑިމޮކްރެޓްސްއިން ވަގުތީ ނަތީޖާ އިއުލާނު ނުކުރަނީސް އިންތިޚާބުގައި ބައިވެރިވެވަޑައިގަތް ހަސަން ލަތީފު އަމިއްލަފުޅަށް ކާމިޔާބު އިއުލާނު ކުރެއްވުމާއި ގުޅިގެން ވެސް ގިނަ މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. 

އެގޮތުން ކާމިޔާބު އިއުލާނުކުރައްވާ ހަސަން ލަތީފު އެކްސްގައި ކުރެއްވި ޕޯސްޓަށް ކޮމެންޓު ކުރި ބައެއް މެމްބަރުން ވަނީ ޕާޓީން ނަތީޖާ އިއުލާނު ނުކުރަނީސް ހަސަން ލަތީފު އަމިއްލަފުޅަށް ކާމިޔާބުވެވަޑައިގެންފައިވާކަން އިއުލާނު ކުރެއްވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށެވެ. 

އެހެންކަމުން ލަސްނުކޮށް ނަތީޖާ އިއުލާނުކުރުމަށް ގޮވާލާކަމަށް އެމީހާ ބުނެފައި ވެއެވެ. 

"ވަގުތީ ނަތީޖާ އިއުލާނުކުރޭ މިރޭ އެހެންވީމަ. ކަލެއަށް ނަތީޖާ އެނގެންޏާ އެހެން މީހުންނަށް ވެސް އެނގެން ޖެހޭނެ"

ކޮމެންޓު ކުރި މީހެއް

އޭގެ އިތުރުން މީހަކު ބުނެފައިވަނީ ނަތީޖާ ފެންނާން ނެތިސް، މޮޅުވިކަން އިއުލާނުކުރުމުން، އެތެރޭގެ އިންތިޚާބު ގަޑުބަޑުކޮށް އޮޅުވާލާފައިވާކަން ހާމަކަން ބޮޑުގޮތެއްގައި ފެންނަމުންދާ ކަމަށެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ގިނަ މަގާމުތަކަށް މީހުން އައްޔަންކުރުމަށް ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު 5000 އެއްހާ މީހުން މި ވޯޓުގައި ބައިވެރިވެފައިވާ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ. 

އެހެން ނަމަވެސް އެ އިންތިޚާބުގެ ވޯޓުލުން ނިމި މިހާ ހިސާބަށް ވެސް ނަތީޖާތައް އިއުލާނުކޮށްފައި ނުވާއިރު، ނަތީޖާ އިއުލާނުކުރުން ލަސްވާ ސަބަބެއް ޕާޓީން ހާމަކޮށްފަ އެއް ނުވެއެވެ. 

ނަތީޖާ އިއުލާނު ނުކުރަނީސް ބައެއް ބޭފުޅުން އަމިއްލަފުޅަށް ނަތީޖާތައް އިއުލާނުކުރަމުން ދިއުމާއި ގުޅިގެން މައްސަލަ ހޫނުވެގެން ގޮސްފައި ވީ ނަމަވެސް، މިހާތަނަށް ޕާޓީގެ އިންތިޚާބީ ކޮމެޓީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.