މަޖިލީހުގެ ކުރީގެ ނައިބް ރައީސް އީވާ އަބްދުالله- ފޮޓޯ: މަޖިލިސް
ހަބަރު
03 Dec 2023 | 10:56
މަޖިލީހަށް އާ ނައިބު ރައީސަކު އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ މިރޭ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ އަބްދުالله އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އައްޔަން ކުރުން މިރެއަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރުމުގެ ޖަލްސާ ކުރިއަށް ދަނިކޮށް، އޭވާ ވަނީ އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިއަދު ހެނދުނު ކުރިއަށްގެންދެވުނު މަޖިލީހުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ވަނީ ކުރިއަށް ގެންދެވިފައެވެ. އެގަރާރު ހުށަހަޅައި، ދިފާއުގައި ވާހަކަ ދެއްކެވުމަށް އީވާ އަށް ވަނީ ފުރުސަތު ދީފައެވެ. އެފުރުސަތުގައި ވާހަކަ ދައްކަވާ ނިންމާލައްވަވަމުން އީވާ ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާ، އިސްތިއުފާގެ ސިޓީ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމަށް އަރުވާފައިވާކަން އިއުލާނު ކުރައްވާފައެވެ.

އޭގެ ކުޑައިރުކޮޅެއްފަހުން މަޖިލީހުގެ ރައީސް ވަނީ އީވާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.

އިވާގެ އިސްތިއުފާ ސިޓީ މަޖިލީހުގައި އިއްވުމަށްފަހު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އާ މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:30 ގައި އޮންނާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، މީގެ ކުރިން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދުވެސް ވަނީ ނިމިގެންދިޔަ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.