މަޖިލީހުގެ ކުރީގެ ނައިބް ރައީސް އީވާ އަބްދުالله- ފޮޓޯ: މަޖިލިސް
ހަބަރު
03 Dec 2023 | 12:41
އަމިއްލަ މަގާމު ދިފާއުކުރުމަށް ޑިމޮކްރެޓިކް އުސޫލުތައް ކަފުންކުރާ މީހަކަށް ނުވާނަން: އީވާ

އަމިއްލަ މަގާމެއް ދިފާއުކުރުމަށްޓަކައި ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް ކަފުންކުރާ މީހެއްކަމުގައި ނުވާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ދުރުކުރުމަށް މިއަދު ކުރިއަށް ގެންދެވުނު ޖަލްސާގައި ދިފާއުވާން އެރުވި ފުރުސަތުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އަމިއްލަ މަންފާއަކަށްޓަކައި ޑިމޮކްރެޓިކްގެ ހަމަތަކާއި އުސޫލުތަކާއި ދެކޮޅަށް މަސައްކަތްކުރާ މީހެއްކަމުގައި ދުވަހުވެސް ވެވަޑައިގުނަންނަވާނޭކަމަށެވެ. އީވާ ވިދާޅުވީ، ސިޔާސީ ގޮތުން ބަދަލުހިފައި ޒާތީ ނުވާނޭކަމަށާއި، ވައްކަމުގެ ހާއްޔެއްގައި ތާށިވެފައި ނުހުންނަވާނޭކަމަށެވެ.

މަގާމުން ވަކިކުރުމަށް އެމްޑީޕީން މަސައްކަތް ފެށީ އެސަރުކާރުގެ ނާގާބިލްވާހަކަ އާއި، ކުރަމުންދާ ވައްކަންތަކުގެ ވާހަކަ ފާޅުގައި ދައްކަންފެށުމުން ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ނިމިގެންދިޔަ އެމްޑީޕީ ސަރުކާރާ ދެކޮޅަށް ބަސްބުނެ، އެ ސަރުކާރުގެ ހިޔާނާތްތަކުގެ ވާހަކަތައް ދައްކަވަންފެށުމުން، އެސަރުކާރުން އޭނާއާއި ދިމާކުރާނޭކަން މާކުރިންވެސް އެނގިވަޑައިގަންނަވާކަމަށެވެ.

"ހަގީގަތަކީ ނާގާބިލް، ކިބުރުވެރި ސަރުކާރަކާ ދިމާލަށް އަޅުގަނޑު ނާގާބިލް ކިބުރުވެރި ސަރުކާރެކޭ ބުނީ، ހަގީގަތަކީ އެސަރުކާރުން މާބޮޑަށް އަޅުގަނޑާ ނުރުހުނީ، އަދި އަޅުގަނޑުވެސް އެސަރުކާރާ މާބޮޑަށް ނުރުހުނީ،"

 އީވާ އަބްދުالله

އެމްޑީޕީ ދޫކޮށްލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އެޕާޓީ އާއި އޭރުގެ ސަރުކާރު ދޫކޮށް ނުކުތީ، ގަބޫލުނުކުރެވޭ ހަމަ ތަކަކާއި އުސޫލުތަކެއްތެރޭގައި ތާށިވެފައި ހުންނަވަން ބޭނުންނުވާތީކަމަށެވެ.

"މިދޫކޮށްލަނީ ބޮޑު ސަރުކާރަކާ، އަދި އެސަރުކާރާ ގުޅިފަވާ އާރާ ބަރާ، އެސަރުކާރާ ގުޅިފަވާ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގްލަބިއްޔަތުކަން އެނގިހުރެ އަޅުގަނޑުމެން ނިކުތީ، މާބޮޑު މޮޅެއް ވާނޭކަމަކަށް ނޫން އަޅުގަނޑުމެން ނުކުތީ، އެހެންނަމަވެސް ގަބޫލުނުކުރެވޭ ތަނެއްގައި ތާށިވެފައި ނުތިބެންވެގެން އަޅުގަނޑުމެން ނުކުތީ،"

އީވާ އަބްދުالله

މީގެ އިތުރުން އީވާ ވަނީ، މަޖިލީހުގެ ނާއިބު ރައީސާގެ މަގާމަށް އޭނާ އަކީ ނާގާބިލް ބޭފުޅެއް ކަމަށް އެއްވެސް ޕާޓީ އެއްގެ މެންބަރެއް ދެކެނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވީ ގާނޫނު އަސާސީ އާއި، މަޖިލީހުގެ ގަވާއިދުގެ އިތުރުން ސްޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.