މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله-- ފޮޓޯ/މަޖިލިސް
ހަބަރު
03 Dec 2023 | 13:50
ޖަވާބުދާރީވަމުން އީވާ ކިޔައިދެއްވީ އެމްޑީޕީން އޭނާއަށް 'އަދަބު' ދިން ސަބަބުތައް!

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން ވަކި ކުރައްވައި، އެމްޑީޕީން 'އަދަބު' ދީ ފައިވާ ކަމަށް ވިދާޅު އެފަދައިން އަދަބު ދިން ސަބަބުތައް، މިއަދު އެ މަގާމުން އިސްތިއުފާ ދެއްވި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ކިޔައި ދެއްވައިފިއެވެ. 

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރަށް، ޖަވާބުދާރީވުމަށް އޭނާއަށް ފުރުސަތު ދެއްވުމުން، ވާހަކަދައްކަވަމުން ވިދާޅުވީ، އޭނާއަކީ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ނާގާބިލް ބޭފުޅެއް ކަމަށް އެއްވެސް ޕާޓީއެއްގެ މެންބަރަކަށް ނުބުނެވޭނެ ކަމަށެވެ. އަދި އެ މަގާމު އަދާކުރެއްވުމުގައި ގާނޫނު އަސާސީ އާއި، މަޖިލީހުގެ ގަވާއިދާއި އަދި ސްޕްރީމްކޯޓުގެ ހުކުމާއި ވެސް ޚިލާފް ވެވަޑައިގެންފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހަގީގަތަކީ، ނާގާބިލް، ކިބުރުވެރި ސަރުކާރަކާއި ދިމާއަށް އަޅުގަނޑު ނާގާބިލް ކިބުރުވެރި ސަރުކާރެކޭ ބުނީ. ހަގީގަތަކީ އެ ސަރުކާރުން މާ ބޮޑަށް އަޅުގަނޑާ ނުރުހުނީ. އަދި އަޅުގަނޑުވެސް އެ ސަރުކާރާ މާ ބޮޑަށް ނުރުހުނީ. އެމްޑީޕީ ސަރުކާރާ އަޅުގަނޑު ނުރުހުގެން އަޅުގަނޑު ބަސް ބުނެގެން ހަގީގަތުގައި އަޅުގަނޑަށް ދޭ އަދަބު މިއީ. މިއީ އެމްޑީޕީ ސަރުކާރުގެ ވެރިކަން ގެއްލުނީމާ އަދަބު އަޅުގަނޑަށް ދިނީ." 

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله 

ނާއިބު ރައީސް ކަމުގެ މަގާމުން އީވާ ދުރުކޮށް، އޭނާ އަށް 'އަދަބު' ދިނުމަށް އެމްޑީޕީން ނިންމި ސަބަބުތަކުގެ ތަފްސީލް ހާމަ ކުރައްވައި ވާހަކަދައްކަވަމުން އީވާ ވަނީ، އޭގެ ތެރޭގައި އޭނާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ތައްވެސް ހިމެނޭ ކަމަށެވެ. 

ނިމިދިޔަ ސަރުކާރުން ކުރި އެންމެ ބޮޑު ވައްކަން، ވެންޓިލޭޓަރގެ ވައްކަން. އެ ކަން އަޅުގަނޑު ހުށަހެޅި ގަރާރަކުން، އޮޑިޓާ ޖެނެރަލް ހިންގެވި ތަހުގީގަކުން އެ ވައްކަން ހާމަވި ފުރަތަަމަ ދުވަހު އަޅުގަނޑަށް އެނގޭ މަނިކުފާނުގެ ސަރުކާރުން އަޅުގަނޑަށް މި އަދަބު ދޭނެކަން. ވައުދުވީ ފަދައިން އެމްޑީޕީން ދައުލަތުގެ ދަރަނި އަލުން އެކުލަވައި ނުލީމާ، އެކަމާއި މަޖިލީހުގައި އިހްތިޖާޖު ކޮށް، އެކަމަށް މަޖިލީހަށް ގަރާރެއް ހުށަހެޅި ދުވަހު، އަޅުގަނޑަށް އެނގޭ ސަރުކާރުން އަޅުގަނޑާ ދިމާކުރާނެ ކަން. ދައުލަތުގެ ފޮރިން ޔޫސަބަލް ރިޒާވް ހުރީ ކިހާވަރަކަށްތޯ މާލީ ވަޒީރަށް ދަންނަވައި ސުވާލު ކުރި ދުވަހު، އަދި މާލީ ވަޒީރު އެ މައުލޫމާތު ހާމަ ނުކުރެއްވީމާ އަޅުގަނޑުމެން މިތާ އިހްތިޖާޖު ކުރި ދުވަހު އަޅުގަނޑަށް އެނގޭ މަނިކުފާނުގެ ޕާޓީންނާ ސަރުކާރުން އަޅުގަނޑާ ދިމާކުރާނެ ކަން. ތިން އަހަރު ވަންދެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ގެ މޭޒު ކޮޅުގައި އޮވެ އެކަމަށް އަޅާނުލީމާ އެ ވާހަކަ މަޖިލީހުގައި ދެއްކުމުން އަޅުގަނޑަށް އެނގޭ އިއްޔެގެ ސަރުކާރު އަޅުގަނޑާ ދިމާކުރާނެ ކަން. ބަލާން ބުނި އެއްވެސް މަރެއް ނުބެލީމާ، އެ ވާހަކަ ދައްކަން ފެށީމާ އަޅުގަނޑަށް އެނގޭ އިއްޔެގެ ސަރުކާރު އަޅުގަނޑާ ދިމާކުރާނެ ކަން. މާލޭގެ ރައްޔިތުންނަށް ދޭން ބުނި ބޯހިޔާވަހިކަން ސުން ގަޑި ހަމަވިއިރު ވެސް ނުދީނީމާ އެވާހަކަ ދެއްކުމުން އަދި ބޮޑެތި ރޭޕް ކޭސްތަކާއި ޖިންސީ ގޯނާގެ މައްސަލަތައް ގާތް މީހުންވީމާ އޮބަހައްޓައިގެން ތިބުމުން އެވާހަކަ ދެއްކުމުން އަޅުގަނޑަށް އެނގޭ އިއްޔެގެ ސަރުކާރު އަޅުގަނޑާ ދިމާކުރާނެ ކަން.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله 

އީވާ ވިދާޅުވީ އެމްޑީޕީ އަކީ ސިޔާސަތު ތަކަކާއި އެކީގައި އުފެދުނު ޕާޓީއެއް ކަމަށެވެ. އެގޮތުން، ވައްކަމާއި ދެކޮޅަށް ވަކާލާތުކޮށް، އިންސާފުވެރިކަން ގާއިމްކޮށް، އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ގޮވާލައި، ހައްގުތައް ރައްކާތެރިކުރުން ފަދަ ކަންކަމަކީ އެޕާޓީ އުފެދުނު ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. 

އެހެންނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް ވެރިކަން ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން އެމްޑީޕީން ވަނީ އެ އަސާސްތައް ހަނދާން ނައްތާލާފައި ކަމަށް އީވާ ވިދާޅުވި އެވެ. 

އެގޮތުން ޚިޔާނާތާއި ދެކޮޅު ޕާޓީއަކަށް ވުމުގެ ބަދަލުގައި ވައްކަމަށް ޖާގަދޭ ޕާޓީއަކަށް އެމްޑީޕީ ހަދައި، އެމްޑީޕީއާ މުޅިން ބީރަށްޓެހި ބަޔަކު ގެނެސް، އެމްޑީޕީ ހިސޯރު ކުރިޔަ ދީ، އެމްޑީޕީގެ އާއްމު މެންބަރުންނަށް އެ ޕާޓީން ކެހި ދީފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. 

"ހަގީގަތަކީ އެ ވައްކަމުގެ ހާލީގައި އަޅުގަނޑު ތާށި ނުކުރެވުނީ. ހަގީގަތަކީ އެ ވައްކަމުގެ ހާލިއަށް އަޅުގަނޑު ގަންބާ ނުލެވުނީ. އެއީ އެމްޑީޕީން މިއަދު އަޅުގަނޑަށް ދޭ އަދަބަކީ."

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله 

އީވާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަނާއި، އެ ސަރުކާރުގެ ދަރަނީގެ ވާހަކަ ދެއްކެވުމުން އޭނާއަށް އަދަބު ދިން ނަމަވެސް، އެމްޑީޕީއަށް ވެރިކަން ގެއްލުނީ މީހަކު ދެއްކި ވާހަކަ އަކުން ނޫން ކަމަށެވެ. އެހެނެއް ކަމަކު ވެރިކަން ގެއްލުނީ އެ ޕާޓީން ކަން ކުރި ގޮތުން ކަމަށެވެ. 

ކޮމެންޓް
މަރީ މުޝްތާޤު
އީވާއަށް 100% ތާއީދު
03 Dec 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.