ގައުމީ ޔުނިވާރސިޓީގެ ވައިސް ޗާންސިލާރ ޑރ. ޝެހެނާޒް އާދަމް --ފޮޓޯ: ދިވެހިރާއްގޭގެ ޤައުމީ ޔުރިވާރސިޓީ
ހަބަރު
03 Dec 2023 | 15:33
ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި ގާއިމްކުރަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް، ގައުމީ ޔުނިވާރސިޓީގެ ވައިސް ޗާންސިލާރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕަރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝެހެނާޒް ވިދާޅުވީ، މިވަގުތު ރާއްޖޭގައި ހުރި މެޑިކަލް ސްކޫލް ހިންގަމުންދަނީ ވަރަށް ކުޑަ ޖާގައެއްގަ ކަމަށެވެ. ޝެހެނާޒް ވިދާޅުވީ ސިއްހީ ދާއިރާއަކީ ވަރަށް ގިނަ އަދަދެއްގެ ކުދިން ތައުލީމު ހާސިލްކޮށް، ނުކުނަން ބޭނުންވާ ދާއިރާއެއްކަމަށާއި، އެހެންކަމުން އެފުރުސަތުތައް ދަރިވަރުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި ގާއިމު ކުުރުމަށްޓަކައި މިހާރު މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާ ޝެހެނާޒް ވިދާޅުވީ، އެކޮލެޖްގެ ޑިޒައިންތައްވެސް މިހާރު ވަނީ ނިމިފަކަމަށެވެ.

"އެހެންވީމާ އެވެސް ޓީޗިންގ ހޮސްޕިލަކާ އެއްކޮށް އަޅުގަނޑުމެންގެ ޑިޒައިން ކޮސްފަމިވަނީ،" ޝެހެނާޒް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި މެޑިކަލް ކޮލެޖު އެޅުމުގެ މަސައްކަތްތައްވެސް ފެށިގެން ވަރަށް ބާރަށް ކުރިއަށްދާނޭކަމަށެވެ.

ޤައުމީ ޔުނިވާސިޓިގެ މެޑިކަލް ސްކޫލް މިހާރު ހިންގަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 2 ފަންގިފިލާގައެވެ. މެޑިސިންގ ގެ ދާއިރާއިން ޖުމްލަ 196 ދަރިވަރުން މިހާރުވެސް އަންނަނީ  ގައުމީ ޔުނިވާސިޓީގައި ތަޢުލީމު ހާސިލްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.