އައްޑޫގައި މާރާމާރީ ހިންގި ސަރަހައްދު---ފޮޓޯ: ކިޔުންތެރިއެއް
ހަބަރު
03 Dec 2023 | 17:18
އައްޑޫ ސިޓީގައި އަނެއްކާ ވެސް މާރާމާރީ ހިންގާ މީހަކު ޒަޚަމްކޮށްލައިފި

އައްޑޫ ސިޓީގައި އަނެއްކާ ވެސް މާރާމާރީއެއް ހިންގައި ޒުވާނަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އައްޑޫ ސިޓީ ހިތަދޫގައި ހިންގި މި މަރާމާރީ އަކީ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެކެވެ.

މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދުގެ 15:30 ގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހިތަދޫގައި ހިންގި އެ މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދީ 20 އަހަރުގެ ދިވެހި ފިރިހެނެއް ޒަޚަމްކޮށްލާފައިވާ ކަމަށާއި، އެމީހާއަށް އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ފުލުހުން އިތުރަށް ބުނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

ހިތަދޫގައި ގުރޫޕު މާރާމާރީއެއް ހިންގާ 20 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލާފައިވާއިރު، މީގެ ކުރިން ހަމަ އެ ސިޓީގައި ހިންގި މާރާމާރީ އަކާއި ގުޅިގެން 4 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

އައްޑޫގައި ހުކުރު ދުވަހުގެ ރޭގައި ހިނގި ގުރޫޕް މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ ޒަޚަމް ކޮށްލާފައިވާއެވެ.

އެ ޒުވާނާގެ ހާލު ސީރިއަސްކަމުގައި ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ. 

އެނގިފައިވާ ގޮތުގައި ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ދެ ގްރޫޕުގެ ދެމެދު ކުރިމަތިލުމެއް ހިނގި އިރު ދެ ގްރޫޕުން ވެސް ތިބީ ތޫނު ހަތިޔާރު ހިފައިގެންނެވެ.

އައްޑޫސިޓީގައި ހިންގި މާރާމާރީ އާ ގުޅިގެން އެސިޓީގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް މާލެއިން ފުލުހުންގެ ޓީމްތަކެއް ފޮނުއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރޭ ފުލުހުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.