އިއްޔެ ކުރިއަށްދިޔަ ދަ ޑިމޮކްރެޓްސް ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން؛ ފޮޓޯ/ދަ ޑިމޮކްރެޓްސް
ހަބަރު
03 Dec 2023 | 17:42
ޑިމޮކްރެޓްސްގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުން މިރޭ

އިއްޔެ ކުރިއަސް ގެންދިޔަ ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރާނެކަން އެ ޕާޓީން އިއުލާނުކޮށްފިއެވެ. 

 އެ ޕާޓީގެ ވަގުތީ ނަތީޖާ މިއަދު އިއުލާނު ކުރާނެ ކަމަށް ބުނެ އިއުލާނު ކުރުން ލަސްވެ، އާންމު މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި އެ ޕާޓީެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނު ކުރާނެކަމަށެވެ. 

އެގޮތުން އެ  ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ 08:00 ގައި ދަ ޑިމޮކްރެޓްސް ގެ މައި އިދާރާގައި އޮންނާނެ ކަމުގައި އެ ޕާޓީން ކުރި ޓުވީޓުގައި ބުނެފައިވެއެވެ. 

އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 23 މަޤާމަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ވޯޓް ނަގާފައެވެ.

ޑިމޮކްރެޓްސް ގެ އިންތިޚާބުގެ ނަތީޖާ ލަސްވުމުގެ ސަބަބުން އެކަމާ ކަނބޮޑުވުން ފާޅުކުރައްވާ އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވި ހުސެއިން އަމްރުވެސް ވަނީ މިއަދު ޓުވީޓު ކުރައްވައިފައެވެ. 

ދަ ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި އެ މަނިކުފާނުގެ ސިޔާސީ ފިކުރަށް ތާއީދު ކުރާ ފަރާތްތަކުން އިސްވެތިއްބަވާ އުފައްދަވާފައިވާ ޕާޓީއެކެވެ. އެ ޕާޓީ ރެޖިސްޓްރީކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.