އީވާ އަބްދުﷲ-- ފޮޓޯ: މަޖިލިސް
ހަބަރު
03 Dec 2023 | 22:28
އެއްވެސް އިރެއްގައި މަސައްކަތް ބިނާކުރީ، މަޖިލީހުގެ ރިޔާސަތުގައި އިން ގޮޑިއަށްކަށް ނޫން: އީވާ

އެއްވެސް އިރެއްގައި މަސައްކަތް ބިނާކުރީ، މަޖިލީހުގެ ރިޔާސަތުގައި އިން ގޮޑިއަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސާ އީވާ އަބްދުالله ވިދާޅުވެއްޖެއެވެ. 

މިއަދު މަގާމުން އިސްތިއުފާ ދެއްވި އީވާ މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ދިވެހިން ކުރި އިސްލާހީ މަސައްކަތުގައި، އަދި އެމީހުންގެ މުސްތަގުބަލަށްޓަކައި ކުރާ އުންމީދުތަކުގައި، އަޅުގަނޑަށް ކުރެވުނު މަސައްކަތެއް، އަދި މާތް اللهގެ އިރާދަފުޅުން ދެންވެސް ކުރަން އޮތް މަސައްކަތެއް، އެއްވެސް އިރެއްގައި ބިނާކުރީ، މަޖިލީހުގެ ރިޔާސަތުގައި އިން ގޮޑިއަށްކަށް ނޫން."

އީވާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އީވާ ވިދާޅުވީ، ވެރިކަން ގެއްލުމުގެ އަދަބު ދެވިދާނެކަމަށެވެ. ނަމަވެސް، ނާޖާއިޒު ކަންކަން ކުރުމަށް ވުރެ، ނާޖާއިޒު ކަންކަމުގެ ވާހަކަ ދައްކަާ ހާމަކޮށްދޭ މީހުނަށް އަދަބު ދިނުމަކުން އެއްވެސްކަމެއް އިސްލާހެއް ނުވާކަމަށެވެ.

އީވާ ރައްޔޮތުންގެ މަޖިލީހުގެ ނައިބު ރައީސާގެ މަގާމުން އިސްތިއުފާދެއްވީ މިއަދު ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދަނިކޮށެވެ.

ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން ރައީސް މުހައްމަދު އަސްލަމް ވަނީ  ޖަވާބުދާރީވެ ވަޑައިގަތުމަށް އިވާއަށް 30 މިނެޓްގެ ވަގުތު ދެއްވާފައެވެ. ޖަވާބު ދާރީ ވުމަށް ލިބިވަޑައިގެންނެވި ވަގުތުގައި އީވާ ވަނީ އެކަމަނާގެ ދިފާއުގައި ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އީވާގެ ވާހަކަފުޅުގައި ވަނީ، އެކަމަނާގެ އިސްތިއުފާގެ ސިޓީ ކުޑައިރުކޮޅެއްގެ ތެރޭގައި ރިޔާސަތަށް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަނާގެ އިސްތިއުފާގެ ސިޓީ ރިޔާސަތާ ހަވާލު ކުރެއްވުމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އެ ސިޓީ މަޖިލީހަށް އިއްވަވާދެއްވުމުން އެހިސާބުން ޖަލްސާ ވަނީ ނިންމާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.