ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް-- ފޮޓޯ: މަޖިލިސް
ހަބަރު
03 Dec 2023 | 22:46
މަޖިލީހުގެ ނައިބު ރައީސަކަށް ސަލީމް އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސް ކަމުގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިހާބުކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އީވާ އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމުގެ ވޯޓް މިއަދަށް އެޖެންޑާ ކޮށްފައި ވަނިކޮށް، ޖަވާބުދާރީ ވުމުގެ ފުރުސަތުގެ ތެރެއިންނެވެ.

އީވާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ މެންބަރެއް ކަނޑައެޅުމަށް މިއަދު ސިއްރު ވޯޓެއް ނަގާފައި ވާއިރު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރި މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނީ ސަލީމަށެވެ.

ވޯޓުގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވުމަށް ސަލީމް ގެ އިތުރުން ނަން ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުއެވެ.

އެ ވޯޓުގައި ސައްލެއަށް ޖުމުލަ 26 ވޯޓު ލިބުނު އިރު، ރޮޒެއިނާއަށް ލިބުނީ 23 ވޯޓެވެ. އަދި ޖާބިރަށް ލިބުނީ އެންމެ 4 ވޯޓެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ހޮވުމަށްޓަކައި މިރޭ 8:30ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ސަލީމްގެ ނަން ހުށަހަޅާފައި ވަނިކޮށް، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ މަޖިލީހުގެ ނައިބް ރައީސް ކަމަށް ޖާބިރުގެ ނަންވެސް ހުށަހަޅުއްވާފަ އެވެ.

އެހެންކަމުން މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ދެބޭފުޅުންގެ މެދުގައި ސިއްރު ވޯޓެއް ނަގާފައިވާއިރު، ނެގި ސިއްރު ވޯޓު ގުނާފައި ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިގެންނެވެ. އެގޮތުން 69 މެންބަރުންގެ އިއްތިފާގުން އުފެއްދި ފަސް މެންބަރުންގެ ކޮމިޓީގައި ތިއްބެވީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީރާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް އެވެ.

74 މެންބަރުން ބައިވެރިވި މި ސިއްރު ވޯޓުގައި ސަލީމަށް ލިބިވަޑައިގަތީ 51 ވޯޓެވެ. އަދި ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.