އާޒިމާ ޕީއެންސީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރުމަށް ފޯމު ހުށައެޅުއްވުމަށްފަހު ޗެއާ ޕާސަން އަބްދުއްރަހީމް އަރިހުގައި/ ފޮޓޯ: ވޮއިސް
ހަބަރު
03 Dec 2023 | 23:23
މީ ސަރުކާރާއި އެއްކޮށް މަސައްކަތް ކުރާނެ މޭޔަރަކު މާލެ ސިޓީއަށް ހޮވަންވީ ވަގުތު: އާޒިމާ

މީ ސަރުކާރާއި އެއްކޮށް މަސައްކަތްކުރާނެ މޭޔަރަކު މާލޭ ސިޓީއަށް ހޮވަންވީ ވަގުތުކަމަށް ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރަން ނިންމާފައިވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް ހުށައަޅާ ފޯމު އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމްގެ އަތްޕުޅަށް އެރުވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ. 

އާޒިމާ ވިދާޅުވީ މިހާރު ވެރިކަމުގައި ހުންނެވީ ހައުސިން މިނިސްޓަރުކަން ކުރެއްވުމަށްފަހު، އަދި އެފަހުން މާލެ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. 

އެހެން ކަމުން މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ބޭފުޅަކު މާލޭ ސިޓީގެ މޭޔަރަކަށް ހޮވައިދިނުމަކީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އެތައް ގޮތަކުން ފަސޭހަތައް ލިބިގެންދާނެ ކަމެއްކަމަށް އާޒިމާ ވިދާޅުވި އެވެ. 

"އަޅުގަނޑު ދެކޭގޮތުގައި މި ވަގުތު މީ ސަރުކާރާއި އެކުގައި މަސައްކަތް ކުރާނެ މޭޔަރެއް ގެންނަން ވީ ވަގުތު... ޑރ މުއިއްޒު އެބައޮތް ވަރަށް ފާމް ކޮމިޓްމަންޓުތަކެއް މާލޭގެ ރައްޔިތުންނަށް ދެއްވާފަ. އެހެންވީމަ މި ގަޑީގައި ސަރުކާރާއި އެކުގައި މަސައްކަތް ކުރެވޭނެ ހީވާގި މުރާލި ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭގޮތުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އެންމެ މުހިންމު ކަންތައް"

އާޒިމާ ޝުކޫރު

އާޒިމާ ވިދާޅުވީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވެސް ޙައްލުކުރެވޭނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިގެން ކަމަށެވެ. 

އެގޮތުން ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔާއި ގާތްކުރާ އަދަދަކަށް މީހުން މާލެ ސިޓީގައި ދިރިއުޅެމުންދާއިރު، އަދި މާލެ އަކީ ގިނަ ބޭނުންތަކަށް މީހުން އައިސް ގޮސްވެ އުޅޭ ތަނަކަށް ވާއިރު، މި އެންމެންނަށް ރައްކާތެރި ތަނަކަށް މާލެ ސިޓީ ހެދުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އޭނާ އަށް ލިބިވަޑައިގެން ހުންނެވި ތައުލީމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން ސަރުކާރާއި ގުޅިގެން މި މައްސަލަތަކަށް ހައްލު ހޯއްދަވާދެއްވިދާނެ ކަމަށެވެ. 

ކޮމެންޓް
ޝާމް
މުއިއްޒު ކަންތައްކުރީ ޢޭނަގެ ސަރުކާރުގަތަ މީހުން ހެއްވަން ނޫޅެބަލަ އާޒިމާ
04 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.