މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/މަޖިލިސް
ހަބަރު
04 Dec 2023 | 10:31
ރިޔާސަތުން، މަޖިލީހުގެ ކޯރަމް ހަމަ ކުރައްވަމުންދަނީ ގަވާއިދާއި ޚިލާފަށް: ޝިފާޢު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ހަމަކުރައްވަމުންދަނީ ގަވާއިދާއި ޚިލާފަށް ކަމަށް، އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް، ނިޒާމީ ނުކުތާ ނަންގަވައި ޝިފާޢު ގަނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ޖަލްސާތަކުގެ ކޯރަމް ހަމަކުރަންޖެހޭނީ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަލައިގެންކަން ފާހަގަ ކުރައްވާފައެވެ. 

ނަމަވެސް މިވަގުތު ރިޔާސަތުން މަޖިލީހުގެ ކޯރަމް ހަމަ ކުރައްވަމުން ގެންދަވަނީ އިސްތިއުފާ ދެއްވަވާފައިވާ މެންބަރުންވެސް ހިމަނުއްވައިގެން ކަމަށާއި އެއީ ގަވާއިދާއި ޚިލާފް ކަމެއް ކަމަށް ޝިފާޢު ވިދާޅުވި އެވެ. 

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) ގައި އެބަ ބުނޭ މަޖިލީހުގެ ޖަލްސާގައި ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 އިންސައްތައޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިން މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ނަމަވެސް، މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައި ތިއްބެވި ބޭފުޅުންނަކީ މެންބަރުން ކަމުގައި ހިސާބު ހައްދަވައިގެން މި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަކުރުން އެއީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ރިޔާސަތުން މިވަގުތު ކުރައްވަމުންދާ ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަވާތީ, ގަވާއިދާއި އެއްގޮތަށް ކޯރަމް ހަމަކުރަން އެދޭ ވާހަކަ ފާހަގަ ކޮށްލަން.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާޢު

ޝިފާއުގެ ވާހަކައާއި ގުޅިގެން ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވީ، ގަވާއިދުގައި އެފަދައިން ވިދާޅުވެފައި ވީ ނަމަވެސް، މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާނެ ގޮތުގެ ތަފްސީލް މަޖިލީހުގެ ގަވާއިދުގައި ނުވާ ކަމަށެވެ. 

އެހެން ކަމުން، މިވީހާ ތަނަށްވެސް ކަން ކުރަމުން އައި އުސޫލަކީ މަޖިލީސް އެކުލެވިގެންވާ މެންބަރުންގެ އަދަދަު ކަމަށްވާ 87 އަކީ މަޖިލީހުގެ މެންބަރުންގެ އަދަދު ކަމަށް އަސްލަމް ވިދާޅުވިއެވެ. ވުމާއެކު ކޯރަމް ހަމަކުރުމުގައި ބަލަނީ އެ 87 މެންބަރުންގެ 25 އިންސައްތަ އަށް ކަމަށާ، އެއީ 22 މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ. 

ޝިފާއު މިހެން ވިދާޅުވެފައި ވާއިރު، އައު ސަރުކާރާއި އެކު، މަޖިލީހުގެ ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުން ތަކެއް ވަނީ، ސަރުކާރުގެ މަގާމް ތަކާއި ހަވާލުވެވަޑައިގެންނެވުމަށްފަހު މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ. 

އެގޮތުން އިސްތިއުފާ ދެއްވާފައި މެންބަރުންނަކީ؛

• މިހާރުގެ އިކޮނަމިކް މިނިސްޓަރު އަދި ކުރީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު،

• މިހާރުގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އަދި ކުރީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު،

• މިހާރުގެ ނާއިބު ރައީސް އަދި ކުރީގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް

• މިހާރުގެ އާބަންކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.