ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
04 Dec 2023 | 11:12
ޖާބިރާއި ޝިޔާން ވިޕްލައިނާ ހިލާފުވުމުން ފިޔަވަޅު އަޅައިދިނުމަށް އެދެނީ

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްއަކު އިންތިހާބު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިޕާ ހިލާފުވުމާއި ގުޅިގެން، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އާއި، ކާށިދޫ ދާއިރާ މެންބަރު ޖާބިރަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނެވި އީވާ އަބްދުالله އެމަގާމުން އިސްތިއުފާ ދެއްވުމާއިގުޅިގެން، އާ ނައިބު ރައީސަކު ހޮވުމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް އާއި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ. ޕާޓީގެ ޕީޖީ ގުރޫޕްގެ މެދުގައި ބޭއްވި އިންތިޚާބު ސަލީމް ކާމިޔާބު ކުރައްވާފައިވާއިރު، އޭނާ އެ މަގާމަށް އިންތިހާބު ކުރުމަށް އެމްޑީޕީއިން އޮތީ ތްރީލައިން ވިޕެއް ނެރެފައެވެ.

އެންމެ ފުރަތަމަ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުމާ އެއްގޮތަށް މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ހުށަހެޅުއްވީ ސަލީމުގެ ނަމެވެ. ނަމަވެސް ސަލީމުގެ ނަން ހުށަހަޅުއްވާފައި ވަނިކޮށް އެޕާޓީގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ މަޖިލީހުގެ ނައިބް ރައީސް ކަމަށް ޖާބިރުގެ ނަން ވެސް ހުށަހަޅުއްވާފައެވެ.

އެހެންކަމުން ސަލީމް އާއި ޖާބިރު އާއި ދެބޭފުޅުންގެ މެދުގައި ސިއްރު ވޯޓެއް ނަގާ، 51 ވޯޓާއިއެކު ކާމިޔާބުކުރެއްވީ ސަލީމް އެވެ. އަދި ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

މިކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕްގެ ސްޕޯކްޕާސަން އަދި ވެލިދޫ ދާއިރާގެ މެންބަރު ޝަފީގް ވިދާޅުވީ، ވިޕްލައިނާ ހިލާފުވެގަފައިވާ ދެ މެންބަރުންގެ މައްސަލަ އެމްޑީޕީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.