ޑިމޮކްރެޓްސްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން ލަތީފް
ހަބަރު
04 Dec 2023 | 12:04
މި ފެށުނީ ޕާޓީއަކީ އެންމެ ވަރުގަދަ ޕާޓީއަށް ހެދުމުގެ މަސައްކަތް: ހަސަން ލަތީފް

މި ފެށުނީ ޑިމޮކްރެޓްސްއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަށް ހެދުމުގެ މަސައްކަތް ކަމުގައި ޑިމޮކްރެޓްސްގެ ގެ ރައީސްކަމަށް އަލަށް އިންތިހާބުވެ ވަޑައިގެން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. 

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އެ ޕާޓީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައިވަނީ، ޕާޓީގެ ރައީސްގެ މަގާމަށް އެބޭފުޅާއަށް ވޯޓު ދެއްވި އެންމެހައި މެމްބަރުންނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމުގައި ވިދާޅުވެފައެވެ. 

މީގެ އިތުރުން ހަސަން ލަތީފުގެ ޓުވީޓުގައި ވިދާޅުވީ، މިފެށެނީ ޕާޓީގެ މިސްރާބު ހިފަހައްޓައި އެންމެން ޝާމިލުވާ ސިޔާސީ ހަރަކާތެއްގެ ތެރެއިން ޑިމޮކްރެޓްސްއަކީ އެންމެ ވަރުގަދަ ޕާޓީއަށް ހެދުމުގެ މަސައްކަތްކަމުގައެވެ. 

މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިފެށެނީ ޕާޓީގެ މިސްރާބު ހިފަހައްޓައި, އެންމެން ޝާމިލުވާ ސިޔާސީ ހަރަކާތެއްގެ ތެރެއިން މިޕާޓީއަކީ އެންމެ ވަރުގަދަ ޕާޓީއަށް ހެދުމުގެ މަސައްކަތް.

ހަސަން ލަތީފް 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ ގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސްކަަމަށް ހަސަން ލަތީފްގެ އިތުރުން ދެން ވާދަކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ލަބީބްގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި ހުސައިން އަމްރުއެެވެ. 

ރޭ އިއުލާންކުރި ޑިމޮކްރެޓްސްގެ ގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޖުމުލަ 1704 ވޯޓާއި އެކު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުވަނީ ކުރިހޯއްދަވާފައެވެ.

މީގެ އިތުރުން ހަސަން ލަތީފުއާއި ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދަށް ލިބިފައި ވަނީ 1300 ވޯޓެވެ.

ކޮމެންޓް
މޫސާއަންވަރު
ގަޔަށްބީ ލެވޭނީ. ނަޝީދުފަހަތުގަ ދެންލެވޭނީ ދެފައިދަނޑިއަށް. އޮއްސުނުފަހުން ހަސަންލަތީފަށް ތިކަމަތިއުޅެވެނީ.
04 Dec 2023
ޖޭކޭ
ވޯޓުން ވައްކަންކޮއްގެން ހޮވުނީ. މިކަން އިނގޭނެވޯޓް ދިންމީހުނައް. ޢަމުރު ބުނީ ލައްކަވާހަކަ. ޙަސަނާ ސްޕޯރޓްސް މިނިސްޓަރަކައްހުރެގެން ކިތައް ސަތޭކަ މިލއަން ރުފިޔާތަ ގަވައިދާ ޚިލާފައް ޚަރަދު ކުރީ..
05 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.