ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
04 Dec 2023 | 13:41
ޕީސީބީއަށް އައްޔަން ކުރެއްވި މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ފަސް މެންބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އެވެލުއޭޓްކުރުމުގެ ޤާނޫނައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދާފައިވާ ޕީބީސީގެ މެންބަރުކަމަށް ރައީސް އައްޔަންކުރައްވާފައިވާ މެންބަރުންގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއިގުޅޭ ދާއިމީ ކޮމެޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

އެގޮތުން ޕީބީސީއަށް އައްޔަންކޮށް ރުހުން ހޯދުމަށް ރައީސް ވަނީ ޖުމުލަ ފަސް މެންބަރުންނެއްގެ ނަން ފޮނުއްވާފައެވެ. އެމެންބަރުންގެ ތެރޭގައި ހިމެނީ، ބޯޑުގެ ރައީސްކަމަށް ހަމްދީ އަގީލް އާއި، އިކޮނޮމިކްސް ދާއިރާއަށް ހަސަން ޒަރީރު އާއި، އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންއަށް އަހުމަދު މުޝްތާގު އާއި ބޭންކިންގެ ދާއިރާއަށް ލީނާ އަބްދުލް ޖަލީލްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިއަށް މޫސާ ފަތުހީ އާދަމް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.