ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ހަބަރު
04 Dec 2023 | 16:15
އެމެރިކާގެ ބްލެކްލިސްޓާ ގުޅޭ ގަރާރު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް

ރާއްޖޭގައި ނިރުބަވެރިކަމަށް ފަންޑުކުރާ ކަމަށް ތުހުމަތުކުރެވޭ އެތައް ބަޔަކާއި، ކުންފުނިތަކެއް ހުރިކަމަށް އެމެރިކާއިން ކަނޑައެޅުމާއި ގުޅިގެން ރާއްޖޭގެ ރީތި ނަމާއި އިޤްތިޞާދަށް ގެއްލުން ލިބޭނެކަމަށް ބަލައި އެކަންކަން ބެލުމަށް މަޖިލީހަށް ހުށައެޅި ގަރާރު މަޖިލީހުން ބަލައިގެންފި އެވެ. 

އެ ގަރާރު މަޖިލީހަށް ހުށައަޅާފައިވަނީ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. 

ނާޒިމް ހުށައެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ އައިއެސްއައިއެސް އާއި އަލްގައިދާ އަށް ތާއީދުކުރާ އަދި ނިރުބަވެރިކަމަށް ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރެވޭ 20 ދިވެއްސެއްގެ ނަމާއި އެފަރާތްތަކާއި ގުޅުން އޮންނަ 29 ވިޔަފާރިއެއް ފާހަގަކޮށްފައެވެ. އަދި އެފަރާތްތަކަށް ނިސްބަތްވާ މުދަލާއި ތަކެތި ބްލޮކްކޮށް، އެފަރާތްތަކާއެކު މުޢާމަލާތް ކުރުމަކީ އެ މުޢާމަލާތްކުރާ ފަރާތްތަކާމެދު ވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމެއްކަމަށް އެ ގައުމުން ކަނޑައަޅާފައިވާ ކަމަށެވެ. 

އެ ކަމުގެ ސަބަބުން ދިވެހީންނާއި ރާއްޖެއަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ބަޔާންކޮށްފައިވާ އެ ގަރާރުގައި ބުނެފައިވަނީ އެމެރިކާގެ އެ ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށާއި ނަމަށް އަތުވެދާނެ ކިލަނބުކަން ބަލާ އެއިން މިންޖުވުމުގެ ފިޔަވަޅުތަކެއް ރާއްޖެއިން ވެސް އަޅަން ޖެހޭ ކަމަށެވެ. 

އެގޮތުން އެފަދަ ކަމެއްގެގެ ސަބަބުން ދިވެހި މުޖުތަމައަށް އޮތް ނުރައްކާތައް ވަޒަންކޮށް ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ކުރެއްވުމަށް ނާޒިމް ވަނީ ގޮވާލައްވާފަ އެވެ. 

ރައްޔިތުންގެ މަޖިލީހުން ހިންގެވި 6 މެއި 2021 ގެ ޙަމަލާގެ ޕާލިމެންޓަރީ އިންކުއަރީ އިންވެސް ނިރުބަވެރިކަމުގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ވަޒަންކުރެވުމުގެ އިތުރުން އެއިންކުއަރީގެ ތެރެއިން ފާހަގަވި ކަންކަމުގެ މައްޗަށް ސަރުކާރަށް ރިކޮމެންޑޭޝަންތަކެއް ދީފައިވީ ނަމަވެސް އެ ރިކޮމެންޑޭޝަންތަކަށް ޢަމަލު ކުރެވިފައިވާ މިންވަރާބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްކޮށްފައި ނުވާކަމަށް ނާޒިމްގެ ގަރާރުގައި ވިދާޅުވެފައި ވެއެވެ. 

އޭގެ އިތުރުން ނާޒިމް ވިދާޅުވީ އެމެރިކާގެ އެ ނިންމެވުމާއެކު ރާއްޖޭގެ ރީތި ނަމަށް ބުރުއެރުމުގެ އިތުުރުން އިގްތިސާދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެކަމަށް ބެލެވޭތީ ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން އޮތް މިންވަރު ދިރާސާކުރުމަށްފަހު އޭގެ އަސަރު ވީހާވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާ ކަމަށެވެ. 

މި ގަރާރު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ. 

މަޖިލީހުގެ ތަޅުމުގައި އެ ވަގުތު ހާޒިރުވެ ތިއްބެވި 37 މެންބަރުންގެ ތެރެއިން ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 22 މެންބަރުންނެވެ. އެހެންކަމުން އެ ގަރާރު ބަލައިގަތުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.