ރައްޔިތުން މަޖިލީހުގެ ރައީސް މުހަންމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
04 Dec 2023 | 16:14
ކޯރަމް ކަނޑައެޅުމުގައި ގަވާއިދާ ހިލާފުވާކަމަށްބުނެ އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން އަސްލަމަށް!

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ކަނޑައެޅުމުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ގަވާއިދާ ހިލާފު ވެފައިވާކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.

 ކޯރަމް ކަނޑައެޅުމުގައި މަޖިލީހުގެ ރައީސް، މަޖިލީހުގެ ގަވާއިދާ ހިލާފު ވެފައިވާކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މިއަދު ކުރިއަށް ގެންދެވުނު މަޖިލީހުގެ ޖަލްސާގައި ނުރުހުން ފާޅުކުރައްވާފައެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހަންމަދު ޝިފާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ހ ގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނުގެ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 އިންސައްތަކަމަށެވެ. ޝިފާއު ވިދާޅުވީ، ކުރީގައި މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ކަމުގައި ވީނަމަވެސް މަޖިލީހުން އިސްތިއުފާ ދެއްވައިފައި ތިބި ބޭފުޅުންނަކީ، މެންބަރުންގެ ގޮތުގައި ހިސާބު ހައްދަވާ މަޖިލީހުގެ ކޯރަމް ހަމަކުރުމަކީ ނިޒާމީ މައްސަލައެއް ކަމަށެވެ. އަދި އެއީ މަޖިލީހުގެ ގަވާއިދާ މުޅިން ހިލާފަށް ރިޔާސަތުން މިވަގުތު ކުރަމުންދާ ކަމެއްކަމަށްވެސް އޭވާ ވިދާޅުވިއެވެ.

ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ކޯރަމް ހަމަކުރުމަށްވެސް ޝިފާއު ވަނީ މަޖިލީހުގެ ރައީސްގެ އަރިހުން އެދިފައެވެ.

ޝިފާއުގެ މިވާހަކަ ތަކަށް ރައްދުވެއްވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި އެހާ ތަފްސީލުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާނެގޮތެއް ބަޔާންކުރެވިފައި ނުވާކަމަށެވެ.

'މަޖިލީސް އެކުލެވިގެންވާ މެމްބަރުންގެ އަދަދަކީ އެއީ މަޖިލީހުގެ މެމްބަރުން ކަމުގަ. އެގޮތުން މިހާރު މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމުގަ ބަލައިގެން، 87 ގެ މާއްދާގައި އެ ބުނާ 25 އިންސައްތަ ހިސާބުޖަހަނީ. އެހެންކަމުން ޖަލްސާއެއް ފަށަން އޮންނަ ކޯރަމަކީ ވެސް 22 ކަމުގައި ކަނޑައަޅަނީ،"

އަސްލަމް

އަސްލަމް ވަނީ ޝިފާއު އެނެންގެވި މައްސަލައަކީ ނިޒާމީ މައްސަލައެއްކަމުގައި ބަލައި ގަވެނެން ނެތްކަމަށް ކަނޑައަޅާފައެވެ. އަސްލަމްގެ މި ނިންމުމަށް ނުރުހުން ފާޅުކުރައްވާ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އެގޮތުން އަލީ ރިޒާ ވިދާޅުވީ އެގޮތަށް ބެއްލެވިކަމުގައި ވީނަމަވެސް ގޮޑިތަށް ގުނޭގޮތެއް އޮންނަންވާނޭކަމަށެވެ.

'އެހެންކަމަށް ވާނަމަ ކޯރަމް އަކީވެސް އެ ގޮނޑިތައް ދިރުމެއްވާ އެއްޗެއް ގޮތުގަ ބަލައިގެން ހަމަކުރެވޭނެ ކަމެއްގޮތުގަ ފާހަގަކުރެވެނީ

އަލީ ރިޒާ

އިހަވަންދޫ ދާއިރާގެ މެންބަރު މުހަންމަދު ޝިފާއު ނެންގެވި ނިޒާމީ ނުކުތާއަށް ތާއީދުކުރައްވާ ވާހަކަ ދައްވަމަމުން އަލީ ރިޒާ ވިދާޅުވީ، ޝިފާއު ނެންގެވި މައްސަލައަކީ ހަގީގަތުގައިވެސް ނިޒާމީ މައްސަލައެއް ކަމަށާއި، މަޖިލީހުގެ މި ނިޒާމަށް އަވަސް ހައްލެއް ކޮންމެހެންވެސް އެބަ ބޭނުންވާކަމަށެވެ.

އަލީ ރިޒާގެ ވާހަކަ މެދުކަނޑާލެއްވުމަށްފަހު އަސްލަމް ވަނީ އެއީ އެއްވެސް ގޮތަކަށް ނިޒާމީ މައްސަލައެއް ކަމުގައި ބަލައިގަނެވޭ ކަމެއް ނޫންކަމަށާއި، އެކަމުގައި މިހާރު ގޮތް ނިމިފައިވާކަމަށް ވިދާޅުވެފައެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހަންމަދު ޝިފާއު އާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ނުރުހުންފާޅުކުރައްވާފަ އެވެ.

އަސްލަމް ވިދާޅުވީ، ނިޒާމީ މައްސަލަތައް ނަގައި މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެއްވެސް މެންބަރެއްގެ ޝަކުވާއެއް ވާނަމަ ލިޔުމަކުން އެޝާކުވާއެއް ހުށަހެޅުމަށް އެދުވަޑައިގަންނާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.