އާޒިމާ ޕީއެންސީގެ ފަރާތުން މޭޔަރުކަމަށް ކުރިމަތިލުމަށް ފޯމު ހަވާލުކުރައްވަނީ/ ފޮޓޯ: ޕީއެންސީ
ހަބަރު
04 Dec 2023 | 18:26
މާލެ ސިޓީ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓު އާޒިމާއަށް!

މާލެ ސިޓީގެ މޭޔަރަކު ހޮވުމަށް ބައްވާ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ފޯމު ލުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށައަޅުއްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު އެކަނިކަމަށް އެ ޕާޓީން ބުނެފި އެވެ. 

މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އާޒިމާ ވަނީ ރޭގެ ވަގުތެއްގައި އޭނާގެ ފޯމު ހުށައަޅާފަ އެވެ. 

އެ ފުރުސަތުގައި ފޯމު ހުށައަޅާފައިވަނީ ވެސް އެކަމަނާ އެކަނިކަމުން ޕީއެންސީގެ ޓިކެޓު އާޒިމާއަށް ވަނީ ކަށަވަރުވެފަ އެވެ. 

ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވުމަށް ފޯމު ހުށައެޅުއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި އާޒިމާ ވިދާޅުވީ މީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ މޭޔަރަކު މާލެ ސިޓީ ކައުންސިލަށް ހޮވަންވީ ފަހަރު ކަމަށެވެ. 

މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، މާލެ ސިޓީގެ މޭޔަރުކަމަށް އެކަމަނާ ކުރިމަތިލައްވަނީ، ސަރުކާރާއި ގުޅިގެން އެ މައްސަލަތއް ޙައްލުކޮށްދެއްވުމަށް ކަމަށް އާޒިމާ ވިދާޅުވި އެވެ. 

އޭގެ އިތުރުން އާޒިމާ ވިދާޅުވީ މާލެ ސިޓީއަކީ މާލޭގެ ރަށްވެހިންގެ އެކަނި ސިޓީއެއް ނޫން ކަމަށެވެ. މާލެ ސިޓީއަކީ ވިޔަފާރި ކުރުމާއި ބޭސްފަރުވާއާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އަންނަ ތަނަކަށް ވާއިރު، މާލެއަކީ ހުރިހާ އެންމެނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި، މާލެއަކީ ރައްކާތެރިކަން ކަށަވަރު ތަނަކަށް ހަދަން ޖެހޭކަމަށް އާޒިމާ ވިދާޅުވި އެވެ. 

މާލެ ސިޓީގެ މޭޔަރުކަމަށް މިހާތަނަށް 4 ބޭފުޅުން ވާދަކުރަން ނިންމާފައިވާކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޑިމޮކްރެޓްސްގެ ފަރާތުން ސައިފްއާއި، އެމްޑީޕީން އާޒިމްގެ އިތުރުން ކުރީގެ ކަމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދެވެ. 

އެހެންކަމުން، މާލެ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.