ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް- ފޮަޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
05 Dec 2023 | 11:45
ފެނަކަ ކުންފުންޏަކީ ކުރީ ސަރުކާރުގެ ބޮޑު ކޮރޮޕްޝަން ހާއްޔެއް: އިލްޔާސް

ފެނަކަ ކުންފުންޏަކީ ނިމިގެންދިޔަ ސަރުކާރުގެ ބޮޑު ކޮރޮޕްޝަކީވައްކަމުގެ ހާއްޔެއްކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ފެނަކައިގެ މުވައްޒަފުން ވަކިކުރާ ކަމަށް ވިދާޅުވެ، ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށްކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.    

މިމައްސަލައަށް ބަހުސްކުރައްވަމުން އިލްޔާސް ވިދާޅުވީ، ފެނަކަ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދިވެހި ދައުލަތް ބަނގުރޫޓު ކުރުމަށްބޭނުން ކުރެއްވި އެންމެ ބޮޑު އެއް ކުންފުނިކަމަށެވެ.

އިލްޔާސް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން މިގައުމުގެ ވެރިކަމާއި ހަވާލުވިއިރު ފެނަކައިގެ ދަރަނިއޮތީ ހަސަތޭކަ ހަތްދިހަ ނުވަ މިލިއަން ރުފިޔާގައިކަމަށާއި، ނަމަވެސް އެޕާޓިގެ ވެރިކަން ނިމުނުއިރު ދަރަނި އޮތީ ތިން ބިލިއަން ރުފިޔާ ދަރާފަކަމަށެވެ.

އެސްޓީއޯ އިން އެބައޮތް އެތަން ބިލިއަން ރުފިޔާއެއް ތެލަށް ޕޭނުކޮށް، އެތައް ބިލިއަން ރުފިޔާއެއް ތެލަށް ޕޭ ނުކުރުމުގެ ސަބަބުން އެސްޓީއޯއިން ޖެހުނީދުނިޔޭގެ އެކި ގައުމުތަކުން ފައިނޭންޝިއަލް ފެސިލިޓީސް ތަކެއް ނަގައިގެން ތެޔޮ ކްރެޑިޓަށް ނަގަން،

އިލްޔާސް ލަބީބް

ފެނަކައިން މުވައްޒަފުން ކަނޑަމުންދާ ވާހަކައަށް ރައްދުދެއްވަމުން ލަބީބް ވިދާޅުވީ، އެއީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައި ހަމަސް ދުވަހުގެ ކޮންޓްރެކްޓެއް ދީފަވާ މުވައްޒަފުންކަމަށާއި، އަދި އެއީ މިހާރު އެ ކޮންޓްރެކްޓްގެ މުއްދަތުހަމަވެފައިވާ މުވައްޒަފުންކަމަށެވެ.

ވަޒީފާއިން ވަކި ކުރަނީކީ އެއް ނޫން، މިއީ އެމްޑީޕީ ސަރުކާރުން އެ މުވައްޒަފުންގެ ބޮލުގަ އަޅުވާފަ އޮތް މަޅިއެއް،

އިލްޔާސް ލަބީބް

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ތާއިދުކުރައްވާ އިލްޔާސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީ މިފަދަ ކަންތައްތައް ރަނގަޅުކުރުމަށް ކަމަށެވެ.

އަދި އެއްވެސް ސަރުކާރަކުން ބޭނުންވާހާ ގޮތަކަށް ކުންފުނިތަކަށް މުވައްޒަފުން އައްޔަންކޮށް، ވަކިކުރެވިގެން ނުވާނޭކަމަށާއި، މިއަށްވުރެ ހަރުދަނާ އުސޫލުތަކާއި ގަވާއިދުތަކެއް މިކަމަށް ކަނޑައެޅެންޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.