ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް--ފޮޓޯ: މަޖިލިސް
ހަބަރު
05 Dec 2023 | 14:03
ނަޝީދާއި އީވާ މަސައްކަތްކުރެއްވީ މަގާމުގެ ބޭނުމެއްގައެއް ނޫން: ހަސަން ލަތީފް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހަންމަދު ނަޝީދާއި، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އަކީ، އެއްވެސް އިރެއްގައި މަގާމުގެ ބޭނުމުގައި މަސައްކަތްކުރެއްވި ދެބޭފުޅުން ނޫންކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، ނަޝީދު އާއި އީވާއާއި ދެބޭފުޅުންނަށް ރައްޔިތުންގެ ތާއީދު ލިބިވަޑައިގެންފައިވަނީ ތިއްބެވި މަގާމުގެ ސަބަބުން ނޫންކަމަށެވެ. އެދެބޭފުޅު ރައްޔިތުންގެ ތާއީދު ހޯއްދަވާފައިވަނީ ކުރައްވާފައިވާ މަސައްކަތްތަކުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެއްވެސް މަގާމެއްގައި ނުހުންނެވި ނަމަވެސް، މިއަދުވެސް ނަޝީދު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ހުއްޓުމެއްނާނަ ކަމަށާއި، އަދި ރައްޔިތުންވެސް އެމަނިކުފާނަށް ކުރަމުންގެންދާ ތާއީދަށް އެއްވެސް ބަދަލެއް އައިސްފަ ނުވާކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްއަށް ހަގީގަތުގަ އެހާ މުހިންމު ކަމެއްނޫން ކޮންމެހެން މަޖިލީހުގެ ރައީސްގެ ގޮތުގަ ރައީސް ނަޝީދު ހުންނެވުމަކީއެއް، ހަމަ އެގޮތަށް އީވާވެސް ނައިބު ރައީސްގެ ގޮތުގަ ހުންނެވުމަކީއެއް، މުހިންމެއް ނޫނޭ މި ދަންނަވަނީ އެއީ އެއް ނޫން އެންމެ މުހިންމު ކަމަކީއެއް، އެންމެ މުހިންމު ކަމަކީ ކޮންމެ ގޮތެއް ހަދާފަ އެ ރިޔާސަތުގެ ގޮނޑީގަ އިންނެވުމެއްނޫން،"

ހަސަން ލަތީފް

ހަސަން  ލަތީފު ވިދާޅުވީ، ކޮންމެހެން ރިޔާސަތުގެ ގޮނޑީގައި އިނުމަކީ މުހިންމުކަމެއް ނޫންނަކަށާއި، މުހިންމީ މަޖިލީހުގައި ކުރާ މަސައްކަތްތައް ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގުންކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް ސޯލިހް އަށް އިޝާރާތްކުރައްވާ ހަސަން ލަތީފް ވިދާޅުވީ، ބައެއް ބޭފުޅުންނަކީ އެބޭފުޅުންގެ މަގާމުގެ ހައިސިއްޔަތުގެ ސަބަބުން ތާއީދު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންކަމެވެ. ކުރީގެ ރައީސް ސޯލިހް އަކީ ކުރިންވެސް އަދި މިހާރުވެސް ރައްޔިތުގެންގެ ތާއީދު ލިބިގެންވާ ބޭފުޅެއްކަމަށް ގަބޫލު ކުރައްވަން ދަތިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހް ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމުގެ ކުރިން އެއީ ބޭފުޅުންގެ ތާއީދެއް އޮތް ބޭފުޅެއް ނޫން، ދެން ފަހުންވެސް ތާއީދެއް އޮތްކަމަކަށް އަޅުގަނޑަކަށް މިހާރަކު ދަންނަވާކަށް ނުކެރޭނެ

ހަސަން ލަތީފް

ހަސަން ލަތީފް ކުރީގެ ރައީސް ސޯލިހް އަށް މިމޭރުމުން ފާޑުވިދާޅުވެފައިވާއިރު، ކުރިން މަސަކަތްކުރައްވަމުން އައި ޕާޓީ އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެ، އެބޭފުޅާގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ ޕާޓީދޫކޮށްލައްވާފައެވެ.

ކޮމެންޓް
މަތީނާ
މެޖޯރިޓީން ނިންމުމަށް އިހުތިރާމު ނުކޮށް ޑިކްޓޭޓަރުން ލާސްޓް މިނެޓާ ހަމައަށް މަރުދިނީ މުސާރައިގެ ބޭނުމުގަތޯ
05 Dec 2023
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.