ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ރައްޔިތުންގެ މަޖިލިސް
ހަބަރު
05 Dec 2023 | 15:04
ވަޒީފާތަކުން މީހުން ވަކިކުރާނަމަ ވަޒީރުންނަށް ރުހުން ނުދޭނަން: އެމްޑީޕީ

ސަރުކާރު ކުންފުނިތަކުގައު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކި ކުރާނަމަ މި ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެެ މެމްބަރުން ދީފިއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުން އަންނަ ކަމަށް ބުނެ، ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވަނީ ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

މެމްބަރު ހުސެއިން މުހައްމަދު ދީދީ ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ، ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެން އަދި ބޮޓްލިންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކައިގެ މުވައްޒަފުން އަނިޔާވެރިކަމާއި ބޭއިންސާފުން ބަދަލު ހިފުމުގެ ރޫހެއްގައި ވަޒީފާ އިން ވަކި ކުރަމުން އަންނަ ކަމަށެވެ. އަދި ފެނަކައިން މުވައްޒަފުން ވަކި ކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އެ މައްސަލައިގައިވަނީ ގޮވާލައިފައެވެ.

ރައްޔިތުގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަޔާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވަނީ ފެނާއި ނަރުދަމާ އާއި ކަރަންޓާއި އައިސް ޕްލާންޓުގައި ބުރަ މަސައްކަތް ކުރަން ތިބި މުވައްޒަފުން ކަނޑާ ގެއަށް ފޮނުވާލައިގެން ނުވާނެ ކަމުގައި ވިދާޅުވެ،  މިނިސްޓަރުންނަށާއި އެހެން މަގާމްތަކަށް އަންނަ ބޭފުޅުންނަށް ރުހުން ހޯދަން ބޭނުންވާ ނަމަ ޖެހޭނީ ރައްޔިތުން ވަޒީފާތަކުގައި ބައިތިއްބަން ކަމުގައި ވިދާޅުވެފައެވެ. 

މި ތަނުން އަޅުގަނޑުމެންގެ ރުހުން މިނިސްޓަރުންނަށާއި އެހެން މަގާމްތަކަށް އަންނަ ބޭފުޅުންނަށް ރުހުން ހޯދަން ބޭނުންވަންޏާ، ޖެހޭނީ ރައްޔިތުން ވަޒީފާތަކުގައި ބައިތިއްބަން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް

މީހެ އިތުރުން  ރައީސް މުއިއްޒުގެ ސަރުކާރުން އައީ ދިވެހީންގެ ރާއްޖެއް ހޯދައިދިނުމަށް ކަމަށާއި ނަމަވެސް މި ރާއްޖެ ބަދަލުވެފައިވަނީ އަބްދުއްރަހީމް ރާއްޖެއަކަށް ކަމަށް ވިދާޅުވެ ހުސައިން ވަނީ ސަރުކާރަސް ވަރަށް ބޮޑަށް ފާދުވިދާޅުވެފައެވެ. އަދި އަބްދުއްރަހީމް އާއިލާއާއި، ވަންހަ ދިދަކޮޅު ފޯރި އެންމެންނަށް މަގާމުތައް ދިނުމަށް އަތޮޅު ތެރޭގައި މަސައްކަތް ކުރައްވާ ލޮބުވެތި ރައްޔިތުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސް ކުރައްވަމުން ޝަހީމްގެ އިތުރުން ބިލެތްދޫ ދާއިރާގެ މެންބަރު މުހައްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ، ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި ރަށްރަށުގައި މަސައްކަތް ކުރާ އެހެން ޕާޓީތަކުގެ މުވައްޒަފުން ވަޒީފާތަކުން ވަކި ނުކުރުމަކީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވި ކެމްޕެއިން ޓީމުތަކުގެ ވައުދެއް ކަމަށެވެ.

މިކަހަލަ ކަންކަން ހިނގާ، އާންމު މެމްބަރުންނަށް އަނިޔާ ލިބޭ ނަމަ ބައެއް މެމްބަރުން ޖަޒުބާތުގައި ޖެހިގެން ވަޒީރުންގެ މަޖިލީހަށް ރުހުން ނުދިނީމާ މުޅި ސަރުކާރު ހުއްޓުމަކަށް އަންނާނެ،

ބިލެތްދޫ ދާއިރާގެ މެންބަރު މުހައްމަދު ހަލީމް (ދޮންބިލެއް)

މީގެ އިތުރުން ސަރުކާރުން ބޭނުންވަނީ މިހާރު ވަޒީފާގައި ތިބި އެހެން ޕާޓީތަކުގެ މުވައްޒަފުން ވަކި ކުރުމަށް ފަހު، ޕީއެންސީ/ޕީޕީއެމް ކެމްޕެއިންގައި ހަރަކާތްތެރިވި މީހުންނަށް އެ ވަޒީފާތައް ދިނުން ކަމުަގއި އަހްމަދު ހަލީމް ވަނީ ތުހުމަތު ކުރައްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.