ސަލީމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
05 Dec 2023 | 15:21
ކޮންޓްރެކްޓު ހަމަނުވަނިސް ހޯރަފުށީ ދާއިރާއިން ކަނޑާލި 22 މީހުންގެ ހައްގުގައި ތެދުވާނަން: ސަލީމް

ނިމިދިޔަ ސަރުކާރުން އިންޑިއާ އާއި އެކު ފެށި ބޮޓްލިން ޕްލާންޓު މަޝްރޫއުގައި މަސައްކަތްކުރާ ހޯރަފުށީ ދާއިރާގެ 22 މީހަކު ވަޒީފާއިން ކަނޑާލާފައިވާ ކަމަށާއި، އެމީހުންގެ ހައްގުގައި ތެދުވާން ފަސް ނުޖެހޭނެކަމަށް އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. 

ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ މަޖިލީހަށް ހުށައަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އޭނާގެ ދާއިރާއަށް ނިސްބަތްވާ 22 މުވައްޒަފުން ނޯޓިހެއް ވެސް ދިނުމަކާއި ނުލާ ކުއްލި ގޮތަކަށް ވަޒީފާއިން ކަނޑާލާފައިވާ ކަމަށެވެ. 

"ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަޝްރޫއުގައި މަސައްކަތްކުރާ 22 މުވައްޒަފަކު ކުއްލިގޮތަކަށް ރޭގަނޑުގެ ވަގުތެއްގައި ހޯލްސޭލްކޮށް ވަޒީފާއިން ވަކިކުރުމަކީ އަޅުގަނޑަށް ލިބިގެންދިޔަ ވަރަށް ބޮޑު ހައިރާން ކަމެއް"

ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް

ސަލީމް ވިދާޅުވީ ވަޒީފާއިން ވަކިކުރެވިފައި ވަނީ އެ މަޝްރޫއުއަށް ކޮންޓްރެކްޓުގެ އުސޫލުން ނަގާފައިވާ މީހުން ކަމަށާއި، ވަޒީފާއިން ކަނޑާލީ ކޮންޓްރެކްޓު ހަމަވާން އެއްމަސް ދުވަސް އޮއްވާ އެއްވެސް ނޯޓިހެއް ވެސް ދިނުމަކާއި ނުލާ ކަމަށެވެ. 

އެއާއެކު ސަލީމް ވިދާޅުވީ ދިވެހިރައްޔިތުންގެ ވަޒީފާތައް ގެއްލި، އެމީހުންގެ އާމްދަނީ ހުއްޓޭކަމަށް ވާނަމަ އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކުމެ އިންތިހާއަށް ކަންބޮޑުވާނެ ކަމެއް ކަމަށެވެ. ޔަގީނުން ވެސް އޭނާގެ ދާއިރާއިން ވަޒީފާއިން ކަނޑާލި މީހުންގެ ހައްގުގައި ތެދުވުމަށް ފަސް ނުޖެހޭނެ ކަމަށް ސަލީމު ވިދާޅުވި އެވެ. 

"އަޅުގަނޑު ސަރުކާރަށް މި ގޮވާލަނީ މިހާރުން މިހާރަށް އެ ހުރިހާ މުވައްޒަފުން ވަޒީފާއަށް އަނބުރާ އިޔާދަކޮށްދެއްވުމަށް. ހަމައެކަނި އަނގަބަހަކުން ނޫން. ލިޔުމުން، ކޮންޓްރެކްޓު އާ ކުރުމުގެ ތެރެއިން އެކަން ނުކުރައްވައިފިކަމަށް ވާ ނަމަ އަޅުގަނޑުމެން ދެން ގާނޫނީ ގޮތުން އެ މުވައްޒަފުންގެ ހައްގުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން، އެކަމުގައި މި މަޖިލީސް ފަހަތަކަށް ނުޖެހޭނެ"

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދެއްކި ދިވެހީންގެ ރާއްޖެ އޮންނާނެ ގޮތުގެ ތަސައްވަރާއި އަދުގެ ހަގީގަތާއި ދިމާ ނުވާ ކަމަށެވެ. 

ދިވެހީންގެ ރާއްޖޭގައި ފެނިގެންދާނެކަމަށް އޭރު ވިދާޅުވި ހިތްގައިމުކަން މިއަދު ހާސްކަމަކަށް ބަދަލުވެފައިވާއިރު، މީ އިންތިހާއަށް ހިތާމަކުރައްވާ ކަމެއްކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.