ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިއާޒް ފަހުމީ--ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
05 Dec 2023 | 15:28
"ރައީސް ޞާލިހް ވެރިކަން ނިންމަވާލެއްވީ ގައުމު ނުރައްކާތެރި ހާލަތަކަށް ވައްޓާލާފައި"

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަން ނިންމަވާލައްވާފައިވަނީ މުޅި ދިވެހި ގައުމު ނުރައްކާތެރި ހާލަތަކަށް ވައްޓާލާފައިކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިއާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 3ވަނަ ދައުރުގެ 32ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިއާޒް ފަހުމީ ވިދާޅުވީ، ނިމިގެންދިޔަ ރައީސް ސޯލިހް ގެ ސަރުކާރުން ގައުމާއި ދޭތެރޭ ކަންތައް ކުރައްވާފައިވާ ގޮތް މިހާރު ވަރަށް ސާފުކޮށް ފެންނަ އެބައޮތްކަމަށެވެ. އިމްތިއާޒް ވިދާޅުވީ، އެސަރުކާރުން ވަނީ މިގައުމު ވަރަށްވެސް ނުރައްކާ ހާލަތަކަށް ވައްޓާލާފަކަމަށެވެ. 

ޕީސީބީގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޕީޕީއެމް ސަރުކާރު ނިމިގެންދިޔަ އިރު، ސަރުކާރުގެ ކުންފުނިތަކުގެ މުއައްޒަފުންގެ ޖުމްލަ އަދަދަކީ އަށާރަ ހާސް ހަ ސަތޭކަ ހަތްދިހަ ހައެއް ކަމަށާއި، އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔަ އިރު، ޖުމްލަ ބައްތިރީސް ހާސް ފައްސަތޭކަ ހަތްދިހަ ހަ ވަޒީފާ ހަމަ އެކަނި ސިޔާސީ މަގާމުގައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިމްތިއާޒް ވިދާޅުވީ، އެސަރުކާރުގައި ހަމަ އެކަނި ފެނަކަ ކޯޕަރޭޝަނުގައިވެސް ހަތް ހާސް ވަޒީފާ އުފައްވާފައިވާކަމަށާއި، އެކަންތައްތައް އެގޮތަށް ކުރައްވާފައިވަނީ ސިޔާސީ މަންފާ ހާސިލްކުރުމަށް ކަމަށެވެ.

ބެލުމެއްނެތް، ރާއްޖޭގެ މާލީ ހާލަތަކަށް ބެލުމެއްނެތް، ދަރުވާލާފަ، ކޮންފަދަ ނުރައްކާ ހާލަތަކަށް މިގައުމު ވައްޓާލާފަ އެ ވަޑައިގަތީ

އިމްތިޔާޒް 

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން އިމްތިއާޒް ވިދާޅުވީ، ރައީސް ސޯލިހު ގެންދެވީ ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް، އެކިއެކި ފަރާތްތަކަށް ވަގުތީ ވަޒީފާ ހަމަޖައްސާ، އާއިލާތައް ގަންނަމުންކަމަށެވެ.

އާއިލާތައް ގަނެލުމަށްޓަކާ ކުދިކުދި ފަޅުރަށަކަށްވިޔަސް ވަޒީފާ ހަމަ ޖައްސަމުންދަނީ، ވަގުތީ ވަޒީފާ، ވަގުތީ ވަޒީފާ ދީފަ ބިރުދައްކާލާފަ މީހުން ހިފަހައްޓާފަ، ވޯޓަށް ބިރުދައްކަމުން ދިޔަ ވާހަކަ އަޅުގަނޑުމެން މިދިޔަ ކެމްޕޭނުގަ މެދުކެނޑުމެއްނެތި ކޮންމެ ތަގުރީރެއްގަ ކޮންމެ ސްޕީޗެއްގަ އެކަން ފާހަގަކުރަމުން ދިޔަ

އިމްތިއާޒް

އިމްތިޔާޒް ވިދާޅުވީ، ނިމިގެން އެ ދިޔަވީ ވަރަށްވެސް ބޭއިންސާފު ސަރުކާރެއްކަމަށާއި، އެސަރުކާރުންވަނީ މުޅި ގައުމު ހަލާކުކޮށްލާފަކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.