ދިރާގުން ގެލެކްސީ އެސް10 ރާއްޖޭގައި މިރޭ ތައާރަފުކުރަނީ

04 Mar 2019 | 13:32

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ އެސް 10 ރާއްޖޭގައި ރަސްމީކޮށް މިރޭ ތައާރަފު ކުރަން ހަމަޖައްސައިފިއެވެ. 

މި އިވެންޓް ބާއްވަން ގަސްތުކޮށްފައިވަނީ އާއްމުކޮށް ހުރިހާ ބޭފުޅުންނަށް ހުޅުވާލައިގެން، ބްރިޖް ވިޔުއިން ޕްލެޓްފޯމުގައި މިރޭ 8:15 ގައި އެވެ. މި ހަފްލާގައި ސެމްސަންގ އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެއެވެ.

މި ހަފުލާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ފޯނު ދައްކާލުމުގެ އިތުރުން މި އިވެންޓަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް މީގެ ފޯނެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ދިރާގުން މަސައްކަތްކުރަނީ ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނުތައް ދިރާގު ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ލިބޭނެގޮތް ހޯދައިދިނުމެވެ.

މިރޭ ތަޢާރަފްކުރެވޭ ސެމްސަންގެ ގެލެކްސީ އެސް 10، އަމިއްލަ ފުޅަށް ބައްލަވާލެއްވުމުގެ އިންތިޒާމް ލޯންޗް އިވެންޓްގައި ހުންނާނެއެވެ.

ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯންކަމަށްވާއިރު، ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް އަދި ވަޔަރލެސް ޕަވަރ ޝެއަރިން، އަދިވެސް އިތުރު އިނޮވޭޓިވް ފީޗަރސްތައް ހިމެނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާއެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީކޮށް ތައާރަފު ކުރަމުންނެވެ.

Advertisement

ކޮމެންޓް