ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު: ފޮޓޯ/މަޖިލިސް
ހަބަރު
06 Dec 2023 | 11:57
"އިންޑިއާ ސިފައިންގެ އެކަކުވެސް، ރާއްޖޭގައި ތިބެން ދިވެހިން ނޭދޭކަން އިންތިޚާބުގެ ނާތީޖާއިން އެނގޭ"

ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިންގެ އެންމެ މީހަކުވެސް ތިބުމަކީ ދިވެހިން ބޭނުން ނުވާ ކަމެއް ކަން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން އެނގިގެން ގޮސްފައިވާ ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ. 

އިންޑިޔާ ސިފައިން ބާލަން އެގައުމުން އެއްބަސްވެފައިވާ ނަމަ، އެ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލާ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުޢިއްޒު ގެނައުމަށް ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ވޯޓު ދީފައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ އެ ނިންމުނަށް އިހްތިރާމްކޮށް ކުރިޔަށް އޮތް ފަސް އަހަރަށް ގެނައި މި ވެރިކަމާއި އެކު، ކުރިއަށްދާންޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

މިއާއެކު ސިރާޖު ވިދާޅުވީ، ރައީސް މުޢިއްޒުގެ މި ސަރުކާރަކީ ދެފުށް ފެންނަ ރައްޔިތުންނަށް ޖަވާބުދާރީވާނެ ސަރުކާރެއް ކަމަށާއި، އެއްވެސް ކަމެއް ފޮރުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އިންޑިޔާ ސިފައިންގެ އަދަދު ހޯދުމަށް ކުރީ ސަރުކާރުގައި ސްޕްރީމް ކޯޓަށް ދާން ޖެހިފައިވީ ނަމަވެސް، މިސަރުކާރުން ކަމެއް ހޯދުމަށް ސްޕްރީމް ކޯޓާއި ހަމައަށް ދާން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ސިރާޖު އިތުރަށް ވިދާޅުވީ، ރާއްޖޭ އާއި އެއްވެސް ގައުމަކާއި މައްސަލަ ޖެހިފައި ނުވާ ކަމަށާ، އެހެން ނަމަވެސް ދިވެހިން ބޭނުން ވަނީ، އެއްވެސް ގައުމެއްގެ ނުފޫޒަކާއި ބާރު ފޯރުވުމެއް ނެތި ދިރިއުޅެންކަމަށެވެ. 

އެކަން ވަރަށް ސާފުކޮށް އަޅުގަނޑުމެން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކަނޑައަޅައި ނިންމައިފި. ރައްޔިތުން ނޭދޭ، މިގައުމުގައި އެއްވެސް ގައުމެއްގެ އެންމެ ސިފައިންގެ މީހެއްވެސް ހުންނާކަށް. އެންމެ ބޫޓު ޖޯޑެއްވެސް ހުންނާކަށް ދިވެހިން ނޭދޭކަން ނިދިދިޔަ އިންތިޚާބުގައި ސާފުކޮށް ނިންމައިފި. އަދި ދިވެހިންގެ ނިންމުމާއި އެއްގޮތަށް ބޭރުގެ ސިފައިން މިގައުމުން ބޭރު ކުރާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ރައްޔިތުން އެ ނިންމި ނިންމުމަށް އަޅުގަނޑުމެން އިހްތުރާމް ކުރާނަން. އެގޮތަށް އެ މަސައްކަތް މި ސަރުކާރުން ކުރާނެ. 

މޫސާ ސިރާޖު 

މިއާއެކު ސިރާޖު ވަނީ އިންޑިއާގެ ސިފައިންގެ އަދަދު ސާފު ނުވެގެން އުޅެން ޖެހެނީ، އެކަން ފޮރުވުމަށް މިދިޔަ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އެކަމަކު އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު ހޯދައި، ރާއްޖޭގެ ގެއްލިފައިވާ މިނިވަންކަން އިޔާދަ ކުރެވި ނުފޫޒުން އެއްކިބާ ވެވޭނެކަމަށް ސިރާޖު ވިދާޅުވި އެވެ.

އަދި ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކައި، ވެރިކަން ވައްޓާލަން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ވުމަށް ފުރުސަތު ނުދެއްވާނެ ކަމަށްވެސް ސިރާޖު ވިދަޅުވި އެވެ.

ކޮމެންޓް
ބާލައާދަނު
ނުބޭލިގެން ތިއުޅެނީ ރޭޒަރެއް ނެތިގެންތޯ؟
06 Dec 2023
އާސާ
އެކަން އެނގޭ ދެންކީވެތަ ވެރިކަމަށް އަ އިސްގެންވެސް އެމީހުން ނުފޮނުވިގެން ތިޔަ އުޅުއްވަނީ
07 Dec 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.