ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް
ހަބަރު
06 Dec 2023 | 13:00
ކޮމެޓީއަށް އަސްލަމް ވަޑައިނުގަތުމުން ފްލެޓު މައްސަލައިގެ ގިނަ ސުވާލުތަކަށް ޖަވާބެއް ނުހޯދުނު!

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ނިމިިދިޔަ ސަރުކާރުން 4000 ފްލެޓު ބަހާލާފައިވަނީ އުސޫލާއި ޚިލާފަށްކަން ފާހަގަކޮށް، އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށައަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ސުވާލުކުރުމަށް ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ބޭއްވި ޕެޓިޝަން ކޮމެޓީގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާތީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ހޯއްދެވުމަށް ދަތިވެފައިވާކަން ފާހަގަކުރައްވާ މެމްބަރުން ނުރުހުން ފާޅުކުރައްވައިފި އެވެ. 

ޕެޓިޝަން ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓުތައް ބަހާލާފައިވާ ގޮތާއި ގުޅޭގޮތުން އޭރު ޕްލޭނިން މިނިސްޓްރީގައި އިސްކޮށް ތިއްބެވި ފަރާތްތަކާއި ސުވާލު ކުރެއްވުމވެ. މިއަދުގެ ބައްދަލުވުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ސީނިއާ އެގްޒެކެޓިވް ޑިރެކްޓާ މުހައްމަދު އާރިފެވެ. 

ކޮމެޓީ ބައްދަލުވުން ފެއްޓެވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެންމެ ފަހުން ބޭއްވި ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީން ނިންމާފައިވާނީ ދެން އޮންނަ ކޮމެޓީގެ ބައްދަލުވުމަށް ޕްލޭނިން މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށް ސުވާލު ކުރުމަށް ކަމަށެވެ. 

ޕްލޭނިން މިނިސްޓްރީގެ އެންމެ އިސް ވެރިއަކީ އަސްލަމް ކަމަށް ވާއިރު، އެމަނިކުފާނު ކޮމެޓީއަށް ހާޒިރުވާން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު ވައްޑެ ވިދާޅުވީ އޭރުގެ މެމްބަރުން ކުރަން ހުރި ގިނަ ސުވާލުތަކަކީ ސީދާ މިނިސްޓަރާއި ކުރައްވަން ހުރި ސުވާލުތަކެއް ކަމަށް ވުމުން، މިނިސްޓަރު ވަޑައިނުގަތުމުން އެ ސުވާލުތަކަށް ސާފު ޖަވާބެއް ހޯއްދެވުމަށް ދަތިވާނެ ކަމަށެވެ. 

އެހެން ނަމަވެސް މިއަދުގެ ކޮމެޓީއަށް އަސްލަމް ވަޑައިނުގަތީ ކޮމެޓީން އޭނާއަށް ދައުވަތު ދެއްވާފައި ނުވާތީކަމަށް ކޮމެޓީގެ މުގައްރިރު، މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވަނީ ވިދާޅުވެފަ އެވެ. 

ނަސީރު ވިދާޅުވީ ކޮމެޓީއަށް އަކްރަމާއި އާރިފަށް ދައުވަތު ދެއްވީ، އެ ދެބޭފުޅުންނަކީ ފްލެޓުތައް ބެހުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންނަށް ކަމަށްވާތީ ކަމަށެވެ.

""ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ހުރިހާ ކަމެއް މިނިސްޓަރުގެ ލަފާފުޅާ އެއްކޮށް އުޅުއްވީ ސްޓޭޓް މިނިސްޓަރު ކަމަށް ވާތީ މިކަމާ އެންމެ ބޮޑަށް ގުޅުން ހުންނާނީ އެ ބޭފުޅާ ކަމަށް ލަފާކުރެވޭތީ އެ ބޭފުޅުން ހާޒިރުކުރެވިފައި ވަނީ"

ޕެޓިޝަން ކޮމެޓީ މުގައްރިރު ނަސީރު

މިއަދުގެ ބައްދަލުވުމަށް ޕްލޭނިން މިނިސްޓަރު އަސްލަމް ހާޒިރުނުކުރަން މަޖިލީހުން ނިންމީ މީގެ ކުރިން ޕެޓިޝަން ކޮމެޓީއިން ނިންމި ނިންމުމާއި ޚިލާފަށްކަން ފާހަގަކުރައްވާ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. 

ހަސަން ލަތީފު ވިދާޅުވީ ފްލެޓުތައް ބަހާލާފައިވާ ގޮތާއި ގުޅިގެން އޭނާ ކުރައްވަން ހުރި ބައެއް ސުވާލުތަކަކީ ސީދާ މިނިސްޓަރަށް ކުރައްވަން ހުރި ސުވާލުތަކެއް ކަމަށެވެ. އެހެންކަމުން، މިނިސްޓަރު ވަޑައިނުގަންނަވާތީ އެ ސުވާލުތަށް ކުރއްވުމުގެ ބޭނުމެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ބައެއް ސުވާލު ހުންނާނެ ސީދާ މިނިސްޓަރާ ކުރަން ބޭނުންވާ. އެ ސުވާލުތަކުގެ ޖަވާބެއް އޭރުގެ ސްޓޭޓް މިނިސްޓަރަކަށް ނުދެއްވޭނެ"

މެމްބަރު ހަސަން ލަތީފު

ފްލެޓުތައް ބަހާލާފައިވާ ގޮތާއި ގުޅޭގޮތުން ސީދާ މިނިސްޓަރާއި ގިނަ ސުވާލުތަކެއް ކުރައްވަން ބޭނުންފުޅުވާތީ، މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ މިނިސްޓަރު ހާޒިރުކޮށްގެން ސުވާލުކުރުން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ވޯޓަށް އަހާފަ އެވެ. 

އެހެން ނަމަވެސް އެކަން އެގޮތަށް ކުރުމަށް ފާސްވެފައި ނުވާތީ، މެމްބަރުން ވަނީ ކޮމެޓީއަށް ހާޒިރުވި ފަރާތްތަކާއި ސުވާލުތައްކޮށް ފްލެޓުތައް ބެހުމުގެ ކަންކަން ގޮސްފައިވާ ގޮތް އޮޅުންފިލުވުމަށް މަސައްކަތްޕުޅު ކުރައްވާފަ އެވެ. 

އެހެން ނަމަވެސް އަސްލަމް ކޮމެޓީއަށް ހާޒިރުވެވަޑައި ނުގަންނަވާތީ ކަންބޮޑުވުން ފާޅުކުރި މެމްބަރުން ވިދާޅުވީ، ޕެޓިޝަން ކޮމެޓީއަށް ހުށައަޅާފައިވާ ޕެޓިޝަނުގައިވާ ކަންކަން މިނިސްޓަރުގެ ޣައިރު ހާޒިރުގައި ނުވަތަ މިނިސްޓަރުގެ ބަހެއް ނުލިބި ސާފުކުރުމަކީ ނާދިރުކަމެއް ނަމަށެވެ. 

އޭގެ ސަބަބުން މައްސަލައަށް އެންމެ އެކަށޭނަ ޙައްލު ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭކަމަށް އެ މެމްބަރުން ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.