ފާއިތުވި ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން އަދި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް
ހަބަރު
06 Dec 2023 | 15:20
"ފްލެޓް ނުލިބިގެން ނުރުހުން ފާޅުކުރީ 10 ވަރަކަށް މީހުން، އޭސީސީއަށް އެކަން ނުހުއްޓުވޭނެ"

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓާއި މެދު ހިތްހަމަ ނުޖެހި އެ މައްސަލާގައި ހައުސިން މިނިސްޓްރީ އަށް ވަދެ އަޑުގަދަކުރީ 10 މީހުން ކަމަށާއި ފްލެޓް ދިނުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުއްޓުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި މި ފާއިތުވި ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަޢާރަފްުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތައް ލިބޭނެ ކަމަށް އިއުލާނުކޮށްފައިވާ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަށް  ހާޒުރު ކުރުމުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ސަރުކާރުން ދޭން ނިންމި ފުރަތަމަ 4،000 ފްލެޓް ނުލިބިގެން މިނިސްޓްރީ އަށް ގޮސް އަޑުގަދަ ކުރީ ވަރަށް މަދު ބައެއް ކަމަށާއި އެއީ 10 ވަރަކަށް މީހުން ކަމަށެވެ. ދެން އެ ތަނުގައި ތިބީ މީޑިއާތައް ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

މި 4،000 ފްލެޓަށް ނާރާ މީހުން ވަރަށް ހިތްހަމަނުޖެހިގެން އައިސް މިނިސްޓްރީގައި ހަޅޭއްލަވާ ހެދި، މި ދެންނެވީ ނުރުހުން ފާޅުކުރި. ނުރުހުން ފާޅުކުރުމުން ގާތްގަނޑަކަށް އޭގައި ތިބީ އަސްލު 10 ވަރަކަށް ފަރާތް، ދެން ގިނައީ އެކި މީޑިއާތައް އިނގޭތޯ

އަކްރަމް ކަމާލުއްދީން 

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް އަކްރަމް ކަމާލުއްދީންގެ އިތުރުން ވަނީ، ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފްވެސް ހާޒިރުކޮށްފައެވެ. 

އެގޮތުން މިނިސްޓްރީއަށް ވަދެ ނުރުހުން ފާޅުކުރުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ކަމުގައި ވިދާޅުވެ އަކްރަމް ވަނީ، އޭސީސީން ވެސް އެގޮތަށް އެންގި ކަމަށާއި އެހެންވެ، ފްލެޓްތަކުގެ ގުރުއަތުލުން ބޭއްވީ އޭގެ ފަހުން ލިބުނު ޝަކުވާތަކަށް ޖަވާބު ދިނުމަށް ފަހުގައި ކަމަށްވެސް ވިދާޅުވެފައެވެ. 

ޝަކުވާ ގޮތުގައި 7،000 މައްސަލަ ލިބުނު އިރު، ގިނައިން ހުށަހަޅާފައި ހުރީ މާލޭގައި ދިރިއުޅުނު މުއްދަތާ ގުޅޭ ޝަކުވާތައް ކަން އަކްރަމް ވަނީ ފާހަގަކޮށްފައެވެ. މާލޭގައި ދިރިއުޅޭ މުއްދަތަކީ ހަމައެކަނި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ބަލާ އެއްޗެއް ކަމަށާއި މީހާ މާލޭގައި ދިރިއުޅުނު މުއްދަތަށް ޕޮއިންޓް ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އޭސީސީން 4،000 ފްލެޓުގެ މައްސަލަ ހުއްޓުވީ ފްލެޓްތަކުގެ ގުރުއަތު ނަގައި ވެސް ނިންމި ފަހުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.