ފަޒުލް ރަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
06 Dec 2023 | 17:44
ފްލެޓުތަކުގެ ކުލި ކުޑަކޮށްގެން އާބަންކޯއަށް އެއްވެސް ގެއްލުމެއް ނުވާނެ: ފަޒުލް

ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ ކުލި ކުޑަކޮށްދީގެން އާބަންކޯއަށް މާލީގޮތުން އެއްވެސް ގެއްލުމެއް ލިބިގެން ނުދާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ. 

ފަޒުލް މިފަދައިން ވިދާޅުވެފައި ވަނީ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓުތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވާފައިވާކަން އިއުލާނުކުރައްވާފަ އެވެ.

ސަރުކާރުގެ އެ ނިންމުމާއި އެއްގޮތަށް ކުލި ކުޑަކޮށް ހިޔާ ފްލެޓްތަކުގެ ކުލީގެ ތެރެއިން ލައްކައެއްހާ ރުފިޔާ މާފުކޮށްދީފައިވާކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވަނީ ހާމަކުރައްވާފަ އެވެ. އަދި އެ ނިންމުމާއެކު ކުލި ދެއްކުމަށް އޮތް މުއްދަތު 27 އަހަރުން 26 އަހަރަށް ކުޑަވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުލި އޭރު ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކުރުމަށް ނިންމާ، ފިނިޝިން މަސައްކަތްތައް ވެސް ސަރުކާރުގެ ޚަރަދުގައި ނުކުރެވޭނެ ކަމަށް ބުނީ، އޭގެ ސަބަބުން ސަރުކާރަށް މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހޭނެތީކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައި ވެއެވެ. 

އެމަނިކުފާނު އެފަދައިން ވިދާޅުވެފައި ވަނިކޮށް ހިޔާ ފްލެޓުގެ ކުލި 3900 އަށް ކުޑަކޮށް ވިނަރެސް ފްލެޓުތަކުގެ ޑައުން ޕޭމަންޓުވެސް 50 އިންސައްތައަށް ކުޑަކުރަން ސަރުކާރުން ނިންމާފައިވާއިރު، މީގެ ސަބަބުން އާބަންކޯއަށް މާލީ ގޮތުން ގެއްލުމެއް ލިބިދާނެ ތޯ؟ ނުވަތަ މި ނިންމުމަކީ އެ ކުންފުނިން މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމެއް ތޯ ނޫސްވެރިއަކު ވަނީ ފަޒުލްއާއި ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ ކުލި ކުޑަކުރުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން އާބަންކޯއަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ލިބިގެން ނުދާނެ ކަމަށެވެ. 

"ކުންފުންޏަކަށް އިރާދަކުރެއްވިއްޔާ އޭގެ އަސަރެއް ނުކުރާނެ. އެހެން މި ދަންނަވަނީ ސަރުކާރާއި އަޅުގަނޑުމެންނާއި ގުޅިގެން ރައްޔިތުންނަށް ދެވޭނެ ލުޔެއް ކަނޑައެޅުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މާނައަކީ ކުންފުންޏަށް އަސަރު ނުކޮށް، ކުންފުނި ހަމަ ކުރިއަށްދާ ގޮތަށް ކުރިއަށް ދާނެ"

އާބަންކޯގެ އެމްޑީ ފަޒުލް

ފަޒުލް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި އާބަންކޯއިން ސަރުކާރާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. 

ކުންފުންޏަށް ދަތިނުވާނެހެން ކަންކަން ތަރުތީބު ކުރައްވަން އެނގިވަޑައިގަންނަވާ ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި އެއާއެކު އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ސަރުކާރުން ވައުދުވެލެއްވި ގޮތަށް، ބޯހިޔާވަހިކަމުގެ މައްސަލަތައް ޙައްލުކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Aug 2026
ހޯރަފުށީ ދަރިވަރުންނަށް ކަރަންޓުގެ ރައްކާތެރިކަން ދަސްކޮށްދީފި
ހއ. ހޯރަފުށީ ސްކޫލުގެ ގްރޭޑް 9 އިން 11 ގެ ދަރިވަރުންނަށް ގޭތެރޭގައި ކަރަންޓު ރައްކާތެރިކަމާ އެކު ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ ސެޝަންތަކެއް ފެނަކައާ ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.
28 Aug 2026
އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމް ހުޅުވައިފި؛ އެމްޑީގެ ޝުކުރު މުވައްޒަފުންނަށް
އެމްޑަބްލިޔުއެސްސީން ބުނީ، މި އައު އޮޑިޓޯރިއަމަކީ އެއްފަހަރާ 425 މީހުންނަށް އިށީނދެވޭނެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި މިތަނުގައި ޚާއްޞަ ބޯޑްރޫމަކާއި، ކޭޓަރިންގ ފެސިލިޓީސްގެ އިތުރުން އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށްފައިވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
28 Aug 2026
މައިންބަފައިންނަށް އިހްސާންތެރިވުމަކީ ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މިސްކިތުގެ ޙުރުމަތް ހިފެހެއްޓުމާއި ވިޔަފާރީގައި ތެދުވެރިވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމަށް ބާރު އަޅައި މުޖުތަމަޢު އިޞްލާޙުކުރުމުގެ ޒިންމާ އަދާކުރުމުގެ މައްޗަށެވެ.
28 Aug 2026
”ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް“
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން އިސްލާހު ކުރި ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
28 Aug 2026
ފަލަސްޠީނުގެ ޙައްޤުތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައިފި
އިސްތިއުމާރީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުން ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
28 Aug 2026
ސެޕްޓެމްބަރު މަހުގައި މުޅިރާއްޖޭގެ ހޫނުމިން އާއްމުކޮށް ހުންނަ ވަރަށްވުރެ މަތި ވާނެ
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
28 Aug 2026
ފުރާވަރުގެ ކުދިންނަށް ފޭސްބުކާއި އިންސްޓަގްރާމްގައި ގިނަ ލިމިޓްތަކެއް
މި އައު ޚިދުމަތްތަކުގެ ތެރެއިން ގިނަ ކަންކަން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޑިފޯލްޓްކޮށް ނުވަތަ އިޚްތިޔާރީ ފީޗާއެއްގެ ގޮތުގައި ފުރާވަރު ކުދިންނަށް ލިބެން ފަށާނެއެވެ. އެހެންނަމަވެސް، ޕްލެޓްފޯމް ބޭނުންކުރަނީ ކުޑަކުދިންތޯ ދެނެގަތުމަށް މެޓާއިން އަޅާ އައު ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.
27 Aug 2026
ގޭސް ލީކުވެ މީހަކު ނިޔާވި ހާދިސާ: ހާލު ދެރަވި ޒުވާނާ އަންނަނީ ރަނގަޅުވަމުން
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ.