ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުން--ފޮޓޯ: ވޮއިސް
ހަބަރު
06 Dec 2023 | 20:32
ހެދުނު ގޯހަކުން، ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ ބާތިލްކޮށްފިން: އާޒިމް

ދަ ޑިމޮކްރެޓްސް އިން ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ބައެއް ވޯޓު ފޮށި ތަކަށް ވޯޓުލީ މީހުންގެ އަދަދު، ދާއިރާތަކަށް ކުރިމަތިލާފައިވާ މެމްބަރުންގެ އަދަދަށް ވުރެ އިތުރުވެފައިވާތީ، އެ ފޮށިތަކުގައިވާ ވޯޓުތައް ބާތިލްކޮށްފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

ދަ ޑިމޮކްރެޓްސްއިން ބޭއްވި އެޕާޓީގެ އެންމެ ފުރަތަމަ އެތެރޭގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ޕާޓީގެ ޔަންގް ޑިމޮކްރެޓްސް ލީޑަރު ހޮވަން ވޯޓުލީ ފޮށިތަކުގެ ނަތީޖާ ބާތިލުކުރަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމަން ޖެހުނީ ޕާޓީގެ ފަރާތުން ހެދިފައިވާ ގޯހަކުންކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ، ބައެއް ވޯޓު ފޮށި ތަކަށް ވޯޓުލީ މީހުންގެ އަދަދު، އެ ދާއިރާތަކުގައި ތިބި މެމްބަރުންގެ އަދަދަށް ވުރެ އިތުރުވެފައިވާކަމަށެވެ.

އެގޮތުން ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓު ބާތިލް ކޮށްފައިވާ ރަށްތަކުގެ ތެރޭގައި، ބ. ދަރަވަންދޫ،ފެހެންދޫ، ގޮއިދޫ، ކުޑަރިކިލު، ގދ. ގައްދޫ، ހއ. ހޯރަފުށި، ހދ. ނޭކުރަންދޫ، ރ. އަލިފުށި، ށ. މާއުނގޫދޫ، ތ. ކިނބިދޫ، ހދ.ނޮޅިވަރަމް، ނ.މިލަދޫގެ އިތުރުން ބ.މާޅޮސް ހިމެނޭކަމަށް އާޒިމް މައުލޫމާތު ދެއްވިއެވެ.

ޕާޓީގެ ދާއިމީ ނަތީޖާ ދައްކާގޮތުން، ވަގުތީ ނަތީޖާއެކޭވެސް އެއްގޮތަށް ޕާޓީގެ ރައީސް ކަމަށް ހޮވިފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު އެވެ. އޭނާ އަށް ލިބިވަޑައިގަނެފަވަނީ ޖުމުލަ 1807 ވޯޓެވެ.

ހިނގަމުން މިދާ ޑިސެމްބަރު މަހުގެ 2ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 04:00 އަށް އެޕާޓީގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އިންތިހާބުގެ ނަތީޖާ އިއުލާނު ނުކޮށްލަސްވެގެން ގޮސްފައިވުމުން އެޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.